ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި، ގުޅީފަޅު، ތިލަފުށި، ހުޅުލެ)ގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށްލުއިދީ، މާލެ ސަރަހައްދުގެ ކާފިއު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިމުމަކަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމު ކުރި އެންގުމުގައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މާލެ ސަރަހައްދުގެ މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ވަނީ ނިމުމަކަށް ގެނެސްފައެވެ.

Ad
rt

މިއާއިއެކު އެ އޭޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ދިން ލުއިތަކުގެ ތެރޭގައި ހިމެނެނީ، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވައިލުމަށް ހުއްދަ ދިނުމާއި، ދުވުމަށް ޚާއްޞަކޮށްފައިވާ ޓްރެކުތައް ހުޅުވައިލުމާއި، ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުމަށް ހުއްދަ ދިނުމާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާލުމާއި، ސްކޫލްތައް ހުޅުވާލުމާއި، ކަސްރަތު ކްލާސްތައް ހިންގުމަށް ހުއްދަ ދިނުމާއި އަދި ޑޭކެއާ ސެންޓަރުތައް ހުޅުވުމަށް ހުއްދަ ދީފައެވެ.

މީގެއިތުރުން އެޗްޕީއޭއިން ދަމަހައްޓާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އެއްފަހަރާ 5 ފަސް މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި، އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމާއި، ޚާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް ރަށްތަކަށް ދަތުރުކުރާ މީހުންގެ އަތުގައި 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ އޮތުމާއި، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމާއި، ޕާޓީއާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމާއި، އެހެން ރަށްތަކަށް ދަތުރުކުރާ މީހުން ކަރަންޓީނު ވުމާއި އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ ކުއްދަތަށް ކަރަންޓީންވުން ހިމެނެއެވެ.

އެޗްޕީއޭއިން ވަނީ މަހުގެ 25 ވަނަ ދުވަހުވެސް މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީފައެވެ.

އެޗްޕީއޭއިން މާލެ ސަރަޙައްދުގައި ކޯވިޑްއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިދީ، ކާފިއު އުވާލި ނަމަވެސް އެ ސަރަޙައްދުގައި ކޯވިޑްއަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އަދި ވެސް ހުރީ ދާދި އެއްވަރަކަށް ހިފެހެއްޓިފައެވެ. އަދި އަތޮޅުތަކުގައި ވަނީ ކޯވިޑްގެ ނުރައްކާ ބޮޑުވެފަ އެވެ.

ރާއްޖެ އިން ވެސް ރެކޯޑް ޢަދަދަކށް ވަނީ ކޯވިޑް ޕޮޒިޓިވް ކޭސް ފެނިފަ އެވެ. މިގޮތުން އިއްޔެ ވަނީ 241 ޕޮޒިޓިވް ކޭސް ވަނީ ފެނިފަ އެވެ. އެއީ މާލެ ސަރަހައްދުން ފެނުނު 73 ކޭހަކާއި، މީހުން އުޅޭރަށްތަކުން ފެނުނު 74 ކޭހާއި އަދި ރިސޯޓްތަކުން ފެނުނު 15 ކޭހެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 24،079 އަށް އަރާފަ އެވެ.