ޖައްވުގައި ހުރި ކުނި ސާފު ކުރުމަށް ޖަޕާނުން އުޅަނދެއް ފޮނުވައިފިއެވެ.

ޖަޕާނުގެ އެސްޓްރޯސްކޭލް ކުންފުނިން މި އުޅަނދު ޖައްވަށް ފޮނުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެގޮތުން ޖައްވުގައި ހުރި ކުނިތައް ނައްތާލުމަށް ދެ ރޮކެޓެއް ވަނީލޯންޗުކޮށްފައެވެ. މި ރޮކެޓުތަކުގައި ފޮނުވި ދަގައްފާނެއްގެ އެހީގައި ކުރިއަށް އޮތް މަސްތަކުގައި ޖައްވު ސާފު ކުރާނެއެވެ.

Ad
rt

ދިރާސާތަކުން ދައްކާގޮތުގައި މިހާތަނަށް ޖައްވުގައި 900 ޓަނުގެ ކުނި އެބަ ދައުރުކުރެއެވެ. މިއީ ފާއިތުވި އަހަރުތަކުގައި ޖައްވަށް ފޮނުވާފައިވާ ސެޓްލައިޓުތަކާއި ރޮކެޓުތަކުން ދޫކޮށްފައިވާ ދަގަނޑު ކުނިތަކެކެވެ. މިތަކެތީގެ ސަބަބުން މިހާރު ދުނިޔޭގެ ވަށާ އެނބުރޭ ސެޓެލައިޓްތަކަށް ގެއްލުންވާނެ ކަމުގެ ބިރު އެބައޮތެވެ.

މީގެ އިތުރުން މިހާރު ޖައްވުގައި ހުރި ކުނި ނައްތާ ނުލައިފި ނަމަ ކުރިއަށް އޮތްތާނގައި އުދަނގޫތަކާ ދިމާވާނެ ކަމަށްވެސް ސައިންސްވެރިން ލަފާ ކުރެއެވެ.

މި އުޅަނދު ޖައްވަށް ގޮސް ކުނި ހިފައިގެން ދުނިޔޭގެ ފަށަލައަށް ވަންނާނެއެވެ. އަދި އެހާ ހިސާބުން ކުނި އަންދާލާނެއެވެ. މި ގޮތަށް އަންނަ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހާއި ހަމައަށް އެ އުޅަނދު އޮޕަރޭޓް ކުރާނެއެވެ.