މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

3 Stories filed
އޯޓިޒަމް ހުންނަ ފަރާތްތަކަށް ހާއްސަ ކޯހެއް
Raajje

އޯޓިޒަމް ހުންނަ ފަރާތްތަކަށް ހާއްސަ ކޯހެއް

ޔޫއެންޑީޕީގެ ޔޫއެންޑީޕީ ގެ އެސްޖީޕީ ޖެފްގެ ދަށުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (މާ) އަށް ލިބިފައިވާ ޕްރޮޖެކްޓެއްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އޯޓިޒަމް އެސޯސިއޭޝަން އިން ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން “އޮޕަރޭޝަންސް އެންޑް މެއިންޓަނަންސް އޮފް ސޯލާރ” ގެ ނަމުގައި މަސް ދުވަހުގެ ކޯހެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. މިކޯހުގައި ތިއަރީ އަދި ޢަމަލީ ތަޖުރިބާގ...

ޖަޕާންގެ އެހީތެރިކަން އޯޓިޒަމް އެސޯސިއޭޝަނަށް
Raajje

ޖަޕާންގެ އެހީތެރިކަން އޯޓިޒަމް އެސޯސިއޭޝަނަށް

ޖަޕާނު ސަރުކާރުން ދިވެހިރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނަށް، ވިޝަން އެންޑް ހިއަރިން ސްކްރީނާޒް ހަދިޔާކޮށްފިއެވެ. މިއީ ޖަޕާނުގެ ގްރާންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިޔުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ)ގެ ދަށުން ދިވެހިރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނަށް ފޯރުކޮށްދިން އެހީތެރިކަމެކެވެ. މި ތަކެތި ހަދިޔާކޮށްފައިވަނީ އިއްޔެ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަަފްލާއެއްގައެެވެ. މި ހަަފްލާގައި ޖަޕާނުން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ކެއިކޯ ޔަނާއީ ބައިވެރިވެ ވަޑައިގަތެވެ. އޯޓިޒަމް އެސޯސިއ...

އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރަކު 1 ވަނަ ދަރަޖައިގެ ހާފިޒް ކަމުގެ ސަނަދު ހާސިލްކޮށްފި
Raajje

އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރަކު 1 ވަނަ ދަރަޖައިގެ ހާފިޒް ކަމުގެ ސަނަދު ހާސިލްކޮށްފި

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރު، މުހައްމަދު އަޝްހަމް 9، މއ. އަރިވަރު، ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒްކަމު ސަނަދު ހާސިލް ކޮށްފިއެވެ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އަޝްހަމްއަށް ޤުރުއާން ހިތުދަސްވެފައިވޭތޯ ބެލުމަށް އިމްތިހާން ކުރިއަށް ގެންގޮސްފައި ވަނީ 9 ޑިސެމްބަރު 2020 އިން 18 ފެބްރުއަރީ 2021 އަށެވެ. މި އިމްތިހާނުން އަޝްހަމް ފާސްވެފައިވަނީ އެވަނަ ދަރަޖައިގައެވެ. އަޝްހަމް ހޯދި މި ބޮޑު ޝަރަފާއި، ކާމިޔާބާއި ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއިން ވަނީ އަޝްހަމަށާއި، އަޝްހަމްގެ...