ޓޫރިޒަމް ދާއިރާގެ އެންމެ މަޝްހޫރު އެއް މަންޒިލް ކަމަށްވާ ސޭޝެލްސް އިން ރާއްޖޭގެ ގައިޑްލައިނާ އެއްގޮތަޡް ބޯޑަރު ހުޅުވާލަން ނިންމައިފިއެވެ.

އެ ގައުމުން ބޯޑަރު ހުޅުވާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލުމުން ޓޫރިސްޓުންނަށް ވެކްސިން ނުޖެހިޔަަސް ކަރަންޓީނަކާ ނުލައި ޗުއްޓީ ހޭދަކުރެވޭނެއެވެ.

Ad
rt

ރާއްޖެއާ އެއްގޮތަށް ސޭޝެލްސްއަށްވެސް ދެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކުގަައެބެ. މިއީ އެ ގައުމުގެ ވެކްސިން ކެމްޕޭންގެ ކާމިޔާބީއާއެކު ގެނައިބަދަލެކެވެ. މިހާތަނަށް ސޭޝެލްސްގެ އާބާދީގެ 70 އިންސައްތައަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައެވެ.

ކޯވިޑް-19 ގެ ސަބަބުން ސޭޝެލްސްއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރު ވަނީ 70 އިންސައްތައަށް ދަށްވެފައެވެ. އަދި ޓޫރިޒަމުން ލިބުނު އާމްދަނީ ވަނީ 61 އިންސައްތަ ދަށްވެފައެވެ.

އިގްތިސާދު ރަނގަޅު ކުރުމަށް ސޭޝަލްސް އިން ވަނީ ޖެނުއަރީ މަހު ވެކްސިން ޖަހައިފައި ތިބި މީހުންނަށް އެ ގައުމުގެ ބޯޑަރު ހުޅުވާލައިފައެވެ. ނަމަވެސް އެކަށީގެންވާތަރުހީބެއް ނުލިބުމުން ރާއްޖޭހެ ގައިޑްލައިންތަކާ އެއްގޮތަށް ބޯޑަރު ހުޅުވާލަން އެ ގައުމުން ވަނީ ނިންމައިފައެވެ.

ރާއްޖެއަކީ ކޯވިޑް ހާލަތުގައު ޓޫރިޒަމް ކުރިއަރުވަން ނަމޫނާއެއް ކަމަށް ސީއެންއެން އިންވެސް ވަނީ ބުނެފައެވެ. ޓޫރިސްޓުންނަށް ލުއިތަކާއެކު ރާއްޖޭގެ ބޯޑަރު ހުޅުވާލީމިދިޔަ އަހަރުގެ ޖުލައި 15ގަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ގައިޑްލައިނަށް ގިނަ ގައުމުތަކުގެ ތަރުހީބު ވަނީ ލިބިފައެވެ.