ރާއްޖެއިން ބިދޭސީން ފުރުވާލުމުގައާއި، ބިދޭސީން ރާއްޖެ ގެނައުމުގައި ހުރިކަންބޮޑުވުން ތަކަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

އެ ކޮމިޓީއަށް މިމައްސަލަ ހުށަހެޅުއްވީ، އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ނާޒިލް އެވެ.

Ad
rt

މެންބަރު ނާޒިލް ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވެފައި ވަނީ ވަޒީފާތަކުގައި ގެންގުޅޭ ބިދޭސީންގެ ވިސާގެ މުއްދަތު ހަމަވެ، ވިސާ އަލުން އާ ކުރަން ޖެހެނީ ކިހިނެއްކަން ނޭނގޭ މައްސަލައިގައި ވިޔަފާރިވެރިން ކަންބޮޑުވުންތައް ހުރި ކަމަށެވެ.

ފުރަން ބޭނުންވާ ބިދޭސީންނަށް ނުފުރި، ރާއްޖެ އަންނަން ބޭނުންވާ ބިދޭސީންނަށް ރާއްޖެ ނާދެވި ތިބުމަކީވެސް ކަންބޮޑުވުނެއްގެ ގޮތުގައި މެންބަރު ވަނީ ފާހަގަ ކުރަށްވާފަ އެވެ.

މިކަން ބޮޑުވުންތަށް އޮޅުން ފިލުވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި އެ މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރެއްވުމަށް މެންބަރު ނާޒިލު ވަނީ ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވާފައެވެ.