ދެ ހަފުތާގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކ. ތުލުސްދޫގައި އެއްވެފައި ހުރި 2800 ޓަނުގެ ކުނި ނަގައިފިއެވެ.
ރާއްޖޭގެ ރަށްތަކުގައި ހުރި ކުނި ނައްތާލުމަށް ސަރުކާރާއި ގުޅިގެން ވެމްކޯއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ތުލުސްދޫގައި ހުރި ކުނިތައް ނަގަން ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ތުލުސްދޫގެ އިތުރުން ކ. ގުރައިދޫގައިވެސް ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން އަންނަނީ ކުރަމުންނެވެ.
ތުލުސްދޫގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގެ ދަށުން ކުނި އަޅަން ހާއްސަ ކޮށްފައިވާ ސަރަހައްދު އެއްކޮށް ސާފު ކުރުމާއި އެ ސަރަހައްދުގެ ބިން ރަނގަޅު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
In just 14 days, we have removed approximately 2,800T of accumulated waste from K. Thulusdhoo, as part of our our waste clearing project on the island. This work included cleaning and land remediation of the waste yard and surrounding areas.#WAMCOLegacyWaste@MoEnvmv pic.twitter.com/mXpLBVX8KI
— Waste Management Corporation Limited (WAMCO) (@WAMCOmv) March 2, 2021
އެންވަޔަރަމަންޓް މިނިސްޓްރީން މިހާތަނަށް ވަނީ 20 ރަށެއްގެ ކުނި ނައްތާލުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައެވެ. މީގެ ތެރެއިން ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލައް ސިޓީގެ ކުނި ނެގުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!