އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން "ތިލަދުން" ގެ ފަރާތުން ކެންޑިޑޭޓުނާއި ބެހޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން "ތިލަދުންމަތީ ހޮވުން" މިނަމުގައި “ތިލަދުން” އިން މިވަނީ ހާއްސަ ސަފްހާއެއް ކައުންސިލް އިންތިޙާބް އަށް ތައްޔާރުކޮށްފަ އެވެ. މިސަފްހާގައި އުތުރުގެ ތިން އަތޮޅަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ހިމެނިފައިވާނެއެވެ. އެގޮތުން ހއ. އަތޮޅު ކައުންސިލް ހދ. އަތޮޅުކައުންސިލް އަދި ށ އަތޮޅުގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުން ހިމެނިފައިވާނެ އެވެ. އުތުރުގެ 3 އަތޮޅުގެ 41 ރަށުގެ ކައުންސިލްތަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ހިމެނިފައިވާނީ ކޮންމެ ރަށެއްގެ ޕްރޮފައިލްވެސް ވަކިން ފެންނަ ގޮތަށެވެ.
މިވަގުތު ހުރިހާ ކެނޑިޑޭޓުންގެ ނަންތަކާއި ދާއިމީ އެޑްރެސް އަދި ކެންޑިޑޭޓް ނަންބަރު އަދި ތަމްސީލް ކުރާ ޕާޓީ ހިމެނިފައިވާނެ އެވެ. އަދި ބައެއް ކެންޑިޑޭޓުންގެ ފޮޓޯ ހިމެނިފައިވާ އިރު ފޮޓޯ ފުރިހަމަނުވާ ކެނޑިޑޭޓުން އެމަޢުލޫމާތު ތިލަދުންއަށް ހިއްސާ ކުރެއްވުމުން އަޕްޑޭޓް ކުރެވިގެން ދާނެއެވެ. އަދި ކެނޑިޑޭޓުންގެ ފުލް ޕްރޮފައިލްއާއި ކެންޕެއިން ޕޯސްޓަރ ޕްރޮފައިލްގައި ހިމަނަން ބޭނުންވާނަމަ އެފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

އެ ގޮތުން ކެންޑިޑޭޓްގެ ވަނަވަރާއި ވައުދުތަކާއި ފޮޓޯ އަދި ވީޑިއޯ ވެސް ޕޭޖްގައި ހިމަނައި ދެވޭނެ އެވެ. މިޕޭޖު ހިމެނޭނީ ހއ، ހދ އަދި ށ އަތޮޅު ވަކިން އަދި ކޮންމެ ރަށަކަށް ކުރިމަތިލާ ކެނޑިޑޭޓުން ފެންނަހެން ނެވެ. މިއަތޮޅުތަކުގެ އިތުރުން އެހެން އަތޮޅުތަކަށް ކުރިމަތިލާ ފަރާތްތަކަށްވެސް އިސްތިހާރު ކުރުމުގެ ފުރުޞަތު އޮންނާނެ އެވެ.
އުތުރުގެ 3 އަތޮޅަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ އަދަދަށް ބަލާއިރު އަތޮޅު ކައުންސިލަރުންގެ ގޮތުގައި ޖުމްލަ 8 ބޭފުޅަކު ވާދަ ކުރެއެވެ. ރަށްރަށުގެ ރައީސް ކަމަށް ޖުމްލަ 97 ފަރާތަކުން ވާދަ ކުރާއިރު ރަށު ކައުންސިލްގެ ގޮނޑިތަކަށް 376 ފަރާތަކުން ވާދަކުރާކަން ފާހަގަކޮށްލެވެ އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް 4 ބޭފުޅަކު ވާދަކުރާއިރު ސިޓީ ކައުންސިލްގެ މެންބަރުކަމަށް 20 ބޭފުޅަކު ވާދަކުރެއެވެ.

ކެންޑިޑޭޓުން ތަމްސީލްކުރާ ޕާޓީތަކަށް ބަލާލާއިރު އެންމެ ގިނައީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. އެއީ 166 ކެންޑިޑޭޓުންނެވެ. ޕީޕީއެމް އިން 148 ފަރާތަކުން ވާދަ ކުރާއިރު ޖުމްހޫރީ ޕާޓީއިން 33 ބޭފުޅަކު ވާދަ ކުރެއެވެ. ޢަދާލަތު ޕާޓީ އިން 13 އަދި އެމްއާރުއެމްއިން 2 ބޭފުޅަކު ވާދަ ކުރެއެވެ. އަމިއްލަ ކެނޑިޑޭޓުންގެ ގޮތުގައި 111 ބޭފުޅަކު ވާދަކުރެއެވެ.
ކައުންސިލް އިންތިހާބަށް ތިލަދުންއިން ތައްޔާރުކޮށްފައިވާ ހާއްސަ ސަފްޙާގައިވެސް ކެންޑިޑޭޓުންނަށް އިސްތިހާރު ކުރެވޭނެ އެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުން އިސްތިހާރު ކުރައްވަން ބޭނުންފުޅުވާނަމަ އަދި އެބޭފުޅުންގެ ޕްރޮފައިލް، ރިޕޯޓް ކައުންސިލް އިންތިޚާބަށް ހާއްސަކުރެވިފައިވާ ޕޭޖުގައި ހިމަނަން ބޭނުންފުޅުވާނަމަ 7948777 ނަމްބަރަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އިސްތިހާރު ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން ފޮޓޯއާއި ޕްރޮފައިލާއި މަޢުލޫމާތުތައް info@thiladhun.com އަށް އީމެއިލް ކޮށްދެއްވުން ނުވަތަ ފޭސްބުކް ޕޭޖް މެދުވެރިކޮށް މެސެޖް ކުރެއްވުން އެދެމެވެ. މީގެ އިތުރުން ޕްރޮފައިލް ހިމަނަން ބޭނުންވާ ފަރާތްތަކުން ގޫގުލް ފޯމްސްގައި ތައްޔާރުކުރެވިފައިވާ ފޯމް މެދުވެރިކޮން މަޢުލޫމާތު ހިއްސާކޮށްދިނުން އެދެމެވެ. ގޫގުލް ފޯމް ފުރުއްވުމަށް ޖީމެއިލްއަކުން ލޮގްއިންވާން ޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށާއި އިސްތިހާރު ކުރުމަށް 7948777 ނަމްބަރު ފޯނާއި ގުޅުމުން އިސްތިހާރުކުރުމުގެ ކަންކަން ހަމަޖެހިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!