ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދުގެ ދުވާލެއްގެ މަސައްކަތް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) އަށް ސިފަކުރެވޭގޮތް ވިދާޅުވެ ދެއްވައިފިއެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީގެ ދާއިރާ ރައީސް ގޮތުގައި ވެސް ހުންނެވި، ވައްޑޭ މިހެން ވިދާޅުވީ، "ނައިބު ރައީސްކަމުން ވަކިކުރީ އިންސާފުންނޭ ބުނާނެ ހަމައެއް ނޯންނާނެ" ކަމަށް ޑރ. ޖަމީލު ވިދާޅުވިކަމަށް އޮންލައިން ނޫހަކުން ގެނެސްފައިވާ ޚަބަރެއް ޓުވީޓާގައި ހިއްސާ ކުރަށްވަމުންނެވެ.
ވައްޑޭ ވިދާޅުވީ ޑރ. ޖަމީލު ދުވާލުގެ ހެނދުނު ދަންފަޅީގައި ހުންނަވަނީ ރައީސް ޔާމީނުގެ ދިފާއީ ވަކީލަކަށް ކަމަށެވެ. މެންދުރާއި ބައްދަލުކުރާއިރު، ޑރ. ޖަމީލު ޔާމީނާ ދެކޮޅަށް ފިސާރި ޖޯޝުގައި ކޯޓުގައި ދަޢުވާ އުފުލުމުގައި އުޅުއްވާ ކަމަށް ވައްޑޭ ވިދާޅުވިއެވެ.
''އަސުރަށް އަޅާއިރު ޕޕީއެމް އެޑްވައިޒަރު ހެދިގެން އާއްމު މެމްބަރުން ހެއްލުމުގައި. ހަވީރު މެމްބަރުން މުޒާހަރާއަށް ނުކުންނައިރު މީނާ އޮންނަނީ ފިލާ.''
ވައްޑޭ ވިދާޅުވިއެވެ.
ހެނދުނު ދަންފަޅީގައި ރައީސް ޔާމީނުގެ ދިފާއީ ވަކީލަކަށް.
މެންދުރަށް ދާއިރު ޔާމީނާ ދެކޮޅަށް ފިސާރި ޖޯޝުގައި ދަޢުވާ އުފުލުމުގައި.
އަސުރަށް އަޅާއިރު ޕޕީއެމް އެޑްވައިޒަރު ހެދިގެން އާއްމު މެމްބަރުން ހެއްލުމުގައި.
ހަވީރު މެމްބަރުން މުޒާހަރާއަށް ނުކުންނައިރު މީނާ އޮންނަނީ ފިލާ. https://t.co/vq8qxGrFbB
— Waddey (@waddey_) February 15, 2021
ޑރ. ޖަމީލުގެ މަސައްކަތްތައް ހުންނަގޮތަށް ވައްޑޭ ފާޑުވިދާޅުވިއިރު، ޖަމީލު ވަނީ އޭރުގެ ޕީޕީއެމް ސަރުކާރުން ނައިބުު ރައީސްކަމުން ޖޫން، 2015 ގައި އޭނާ ވަކިކުރި އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ޖަމީލުގެ ވެސް ވަރަށް ބުރަމަސައްކަތުން ގެންނެވި ކުރީގެ ސަރުކާރުގެ ނައިބު ރައީސްކަމުގެ މަގާމުން 2015 ގައި އޭނާ ވަކިކުރީ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެއީ މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ އިތުބާރު އޭނާގެ މައްޗަށް ގެއްލިއްޖެ ކަމަށް ބުނެއެވެ.
އެ މައްސަލަ ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އިއްޔެ ބޭއްވި އަޑުއެހުމުގައި ޖަމީލް ވިދާޅުވީ އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުންނަށް ވެސް ލިބެންޖެހޭ ދިފާއުވުމުގެ ހައްގު ވަކިކުރުމުގެ ކުރިން އޭނާއަށް މަޖިލީިހުން ދީފައި ނުވާ ކަމަށެވެ. ނައިބު ރައީސުން ވަކި ކުރެވޭނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، އެކަންކަން ފުރިހަމަ ނުކޮށް މަޖިލީހުން އޭނާ ވަކިކުރި ކުރުން ޖަސްޓިފައި ކުރެވޭނެ ހަމައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމައްސަލައާއި ގުޅިގެން ޕީޕީއެމްގެ ޕީޖީ ގްރޫޕްގައި އެހާރާއި މިހާރުވެސް ހިމެނިވަޑައިގަންނަވާ މެންބަރުން ވިދާޅުވަމުން ދަނީ ނައިބު ރައީސް ކަމުން ޖަމީލު ވަކިކުރީ ރައީސް ޔާމީންގެ އިތުބާރު އޭނާގެ މައްޗަށް ގެއްލި، ޖަމީލް މަގާމުން ވަކިކޮށްދޭން ޔާމީން އެދިވަޑައިގަތުމުން ކަމަށެވެ.
ޖަމީލު އަލުން ޕީޕީއެމާއި ގުޅިވަޑައިގެން މިހާރު ހުންނެވީ އެ ޕާޓީގެ އެޑްވައިޒަރެއްގެ މަގާމުގައެވެ. އަދި އޭނާއަކީ ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ވެސް އިސްކޮށް މަސައްކަތްކުރަށްވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!