ގައުމީ އެއާލައިން މޯލްޑިވިއަނުން ހަނިމާދޫ އާއި ކޮޗިންއާ ދެމެދުގެ ސީދާ ދަތުރުތައް އަންނަ މަހުގެ 27 ވަނަ ދުވަހު ފަށާނެ ކަމަށް އިއުލަނު ކޮށްފިއެވެ.

މޯލްޑިވިއަނުން ބުނީ އަންނަ މަހުގެ 27 ގައި ދަތުރުތައް ފެށުމާއެކު، ހަފްތާއަކު ތިން ފްލައިޓު ބާއްވާނެ ކަމަށެވެ. އަދި ދެކޮޅު ދަތުރައް ފެއަރ ގަައި ޓިކެޓު ވިއްކަނީ 199 ޑޮލަރު(3068.58 ރުފިޔާ) އަށް ކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.

Ad
rt

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ މީގެ ކުރިން ވިދާޅުވީ އިންޑިއާގެ މާކެޓް އަންނަނީ ބޮޑުވަމުން ކަމަށާއި ކޮޗިންއަށް ދަތުރު ފެށީމާ އުތުރަށް ޓޫރިޒަމް ފުޅާ ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.