ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އަނެއްކާވެސް ބަދަލުގެނެސްފިއެވެ.
މިގޮތުން މިފަހަހަރު ގެނައި ބަދަލުތައް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ވަނީ އާންމު ކުރަށްވާފައެވެ.
މިގޮތުން ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު މުބާރާތްތައް ބޭއްވުމާއި، ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ކުރިން މަނާކޮށްފައި އޮތްނަމަވެސް، އަންނަ އާދީއްތަ ދުވަސް، ޑިސެމްބަރު 20 ވަނަ ދުވަހުން ފެށިގެން އެ ފިޔަވަޅުތައް ބާތިލު ކޮށްފައިވާ ކަމަށް ރޭ އެޗްޕީއޭއިން ނެރުނު ދެންނެވުމުގައި ބުނެފައިވެއެވެ.
އެ ދެންނެވުމުގައި ބުނެފައި ވަނީ ޑިސެމްބަރު 20 ވަނަ ދުވަހުން ފެށީގެން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކުޅިވަރު މުބާރާއްތައް ބާއްވަން ހުޅުވާލައި، ގައިޑްލައިންތަކާ އެއްގޮތަށް ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އަނެއްކާވެސް އެޗްޕީއޭއިން ބަދަލު ގެނެސްފައިވާއިރު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.
އެޗްޕީއޭއިން އަންނަނީ ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ރިއާއަތްކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!