މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފިއެވެ.

މިމާރާމާރީއާއި ގުޅިގެން ފުލުހުން ވިދާޅުވީ މި މާރާމާރީ ހިނގާފައިވަނީ މާފަންނު ފިޔާތޮށި ގޯޅީގައިކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 22:05 ހާއިރު ކަމަށެވެ.

Ad
rt

ފުލުހުން ވިދާޅުވީ މި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުން އަންނަކަމަށެވެ.

އެ ބިދޭސީ މީހާއަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ ހާދިސާގައި ޒަޚަމްވީ ކޮން ގައުމަކަށް ނިސްބަތްވާ ބިދޭސީއެއް ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.