ސިވިލްކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް ށ. މާއުނގޫދޫ ރޯޒްލީން، އަލްއުސްތާޛް ޢަބްދުއްސަލާމް ޢައްޔަންކުރައްވައިފިއެވެ.
އަލްއުސްތާޛް އަބްދުއްސަލާމަށް މަޤާމާއި ހަވާލުކުރުމުގެ ލިޔުން ހަވާލު ކޮށްފައިވަނީ މިއަދު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ހަފްލާއެއްގައެވެ.
މި ޙަފްލާގައި ރަޖިސްޓްރާރ އަލްއުސްތާޛް އަބްދުއްސަލާމަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވާފައިވަނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއެވެ.
ސިވިލް ކޯޓަށް އައު ރަޖިސްޓްރާރއެއް ޢައްޔަންކޮށްފައި މިވަނީ ޢާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ޑިސެންބަރު މަހުގެ ތެރޭގައި އެ ކޯޓުން ރިސެސަސްއަށް ދިޔުން މި އަހަރު ކެންސަލްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ކޯޓުން ޢާންމު ކޮށްފައިވާ އިޢުލާންއެއްގައި ބުނާ ގޮތުގައި ކޮންމެ އަހަރަކުވެސް ޑިސެންބަރު 1 - 20 އަށް އެ ކޯޓުން ރިސެސްއަށް ދިޔުމަށް ކަނޑައަޅާފައިވީ ނަމަވެސް، މި އަހަރު ވަނީ އެ ކޯޓުގެ ފަރާތުން ރިސެސްއަށް ނުދިޔުމަށް ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!