ބޭނި މަސްކޮޅު ތަކުލީފަކާނުލާ ކިރާލެވޭނޭ ދުވަހެއް، ދާދިއަވަހަށް ފެނިގެންދާނެކަމަށް ހއ. އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާޢު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަޙުރުވެރި މަސްވެރިންގެ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ލިއުއްވި ތަޙްނިޔާގެ މެސެޖުގަ އެވެ.

Ad
rt

ޝިފާޢުގެ މެސެޖުގައިވަނީ ދިވެހިރާއްޖޭގެ ހިތަވަރުގަދަ މަސްވެރިންނަށާއި މަސްވެރިއާއިލާތަކަށް މަސްވެރިންގެ ދުވަހުގެ ހެޔޮއެދުންތަށް އަރިސްކުރައްވާފަ އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް އަޅުގަނޑުމެންފާހަގަކުރާއިރު މަސްވެރިންތިބީ ދަތީގަ، އިންތިހާއަށް ދަތީގަ. ނަމަވެސް ލިބޭހިތްހަމަޖެހުމަކީ މަސްވެރިކަމުގެ ސިނާއަތަށް 2021 ބަޖެޓުގައި އުއްމީދީ ބަދަލްތަކެއްގެނައުމަށް ބަޖެޓު ކޮއްފައިވުން.

ޝިފާޢު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޝިފާއު ވިދާޅުވެފައިވަނީ، އުތުރުގެ މަސްވެރިންނަށް ދޭންބޭނުންވާ އުފާވެރި ހަބަރަކީ ރައީސްޖުމްހުރިއްޔާ ވައުދުވެފައިވާ ފަދައިން އިހަވަންދޫގައި މަސްގަންނާނެ ފެސިލީއެއްގާއިމު ކުރުމާގުޅޭ މަޝްވަރާތަށް ސަރުކާރާއެކު ކުރިއަށް ގެންދަވާކަމުގަ އެވެ.

އިރާދުކުރެއްވިއްޔާ ސަރުކާރުގެ ތަސައްވަރާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ތަރައްގީވެ، މަސްވެރިންނަށް ތަކުލީފަކާނުލާ ބޭނި މަސްކޮޅު ކިރާލެވޭނޭ ދުވަހެއް ދާދިއަވަހަށް ފެނިގެންދާނެ.

ޝިފާޢު ވިދާޅުވެފައި ވެއެވެ.

ޝިފާއު އިތުރަށް ވިދާޅުވެފައިވަނީ މިދަތިން އަރާގަނެވޭނެކަމަށާއި މަސްވެރިކަމުގެ ސިނާއަތަށް މިގައުމުގަ ހައްގު މަގާމުލިބިގެންދާނެކަމުގަ އެވެ.