އުތުރުގެ 3 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރައްވައިފި އެވެ.
މިއަދު ފަނޑިޔާރުން އައްޔަންކޮށްފައިވާ އުތުރުގެ މެޖިސްޓްރޭޓް ކޯޓްތަކަކީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. މީގެ އިތުރުންވެސް 6 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކަށް ވަނީ މެޖިސްޓްރޭޓުން އައްޔަނު ކޮށްފަ އެވެ. އެއީ ގދ. ތިނަދޫ، ރ. މަޑުއްވަރި އަދި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ބުނެފައިވަނީ، މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އެކޮމިޝަނުން ކުރި އިޢުލާނު ތަކުގެ ގެ ދަށުން އެމަޤާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 6 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ފެންނަކަމަށް ކޮމިޝަނުން ނިންމެވި 06 ބޭފުޅުން
މަޤާމުގެ ހުވާ ކުރެއްވުމާއި، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ކޮމިޝަނުގެ އިދާރާގައި ބާއްވާފައިވާކަމަށެވެ.
މިމިއަދު މަޤާމުގެ ހުވާކުރެއްވި 5 ބޭފުޅުންނަކީ:
• ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، ހދ. ކުޅުދުއްފުށީ ނޫރަންގެ، އަލްއުސްތާޛު މުޙައްމަދު އިސްމާޢީލް.
ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، މާލެ، ގ. ނޫމަރާވިލާ، އަލްއުސްތާޛު ޝީރީން ނާހިދާ ލަޠީފް.
• ނ.މަނަދޫ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓްކަމަށް، ނ. މަގޫދޫ، ހަވީރީނާޒް، އަލްއުސްތާޛު އާދަމް ސަލީމް.
• ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، ގއ. ގެމަނަފުށީ، އެތުމާގެ، އަލްއުސްތާޛު އަޙްމަދު އާދަމް.
ރ.މަޑުއްވަރީ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް، ކޮޅުމަޑުލު މަޑިފުށި، ސިގްނަލްގެ، އަލްއުސްތާޛު އަކްރަމް
ރަފީޢު.
• ސ.ފޭދޫ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް، ސ. މަރަދޫފޭދޫ މެރީވިލާ، އަލްއުސްތާޛު މުޙައްމަދު ޢަފީފް.
ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރެއްވި އަލްއުސްތާޛު މުޙައްމަދު އިސްމާޢީލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރސް އޮފް ޝަރީއާ އެންޑް ލޯ(އޮނަރސް ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛު މުޙައްމަދު އިސްމާޢީލް ކުރިން ހުންނެވީ ސިވިލްކޯޓުގެ ލީގަލް އޮފިސަރ އެއްގެ މަޤާމުގައެވެ.
ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ހަމަޖެއްސެވި އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފް ޝަރީޢަތާއި ޤާނޫނުގެ ދާއިރާ އިން ޑިޕްލޮމާ ހާޞިލް ކުރައްވާފައިވަނީ މައުހަދުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ. އަލްއުސްތާޛް
ޝީރީން ނާހިދާ ލަތީފަށް ފަނޑިޔާރުކަމުގައި 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބި ވަޑައިގެންފައިވެ
ނ.މަނަދޫ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓް ކަމުގެ ހުވާކުރެއްވި އަލްއުސްތާޛު އާދަމް ސަލީމް ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާޞިލްކުރެއްވީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ. އަލްއުސްތާޛު އާދަމް ސަލީމް ކުރިން ހުންނެވީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓްގެ އެސިސްޓެންޓް ލީގަލް އޮފިސަރގެ މަޤާމުގައެވެ.
ގދ.ތިނަދޫމެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓް ކަމުގެ ހުވާކުރެއްވި އަލްއުސްތާޛު އަޙްމަދު އާދަމް ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ(އޮނާރސް ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛު އަޙްމަދު އާދަމް ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ގެ މަޤާމު 02 އަހަރު އަދާކުރައްވާފައެވެ.
ރ.މަޑުއްވަރީ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ ހުވާކުރެއްވި އަލްއުސްތާޛު އަކްރަމް ރަފީޢު ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާޞިލް ކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނެވެ. އަލްއުސްތާޛު އަކްރަމް ރަފީޢު ކުރިން ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ލީގަލް ކައުންސެލްގެ މަޤާމުގައެވެ.
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ ހުވާކުރެއްވި އަލްއުސްތާޛު މުޙައްމަދު ޢަފީފަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ އިން އިސްލާމިކް ލޯ އިން ބެޗްލަރސް ޑިގްރީ ހާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަލްއުސްތާޛު މުޙައްމަދު މިމަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ހިތަދޫ ކެމްޕަސްގެ ލެކްޗަރަރ
އެއްގެ މަޤާމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!