މެގްރޫވް ދިރާސާ ކުރާ ބައިނަލްއަޤްވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި އެ ޖަމްޢިއްޔާގެ 19 ވަނަ "ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ ކޮންޓެސްޓް" ގެ 1 ވަނައަށް ހޮވުނު 4 ދަރިވަރުންގެ ތެރޭގައި، ހދ. ނޭކުރެންދޫ ސްކޫލްގެ ޢުމުރުން 11 އަހަރުގެ މުޙައްމަދު ވިޝާލް ވަޖީހް ހިމެނިއްޖެއެވެ.

މުޅިދުނިޔޭގެ ހުރިހާ ސްކޫލަކަށްވެސް ބައިވެރިވެވޭނެހެން އާންމުކޮށް ހުޅުވާލި މި މުބާރާތަކީ ކަނޑޫފާ، ކުޅި އަދި ޗަސްބިންތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުވުމަށާއި، އެތަންތަނުގެ މުހިންމުކަން އަންގައި ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ.

Ad
rt

ހދ. ނޭކުރެންދޫ ކައުންސިލުން ބުނީ، މިއީ 34 ގައުމަކުން ބައިވެރިވި މުބާރާތެއް ކަމަށެވެ. މިއީ ރާއްޖޭގެ ސުކޫލަކުން މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުކަމަށްވެސް އެކައުންސިލުން ވަނީ ބުނެފަ އެވެ.

އެޖަމިއްޔާއިން މިއަދު އިޢުލާން ކޮށްފައިވަނީ އެންމެ މޮޅު 4 ކުރެހުމެވެ. ވިޝާލްއާއި އެކު ދެން އިޢުލާންކުރި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ގްރީސްގެ 11 އަހަރުގެ ދަރިވަރަކާއި މެކްސިކޯގެ 14 އަހަރުގެ ދަރިވަރެއްގެ އިތުރުން މެލޭޝިޔާގެ 9 އަހަރުގެ ދަރިވަރެކެވެ.

We are thrilled to announce the first 4 winners of our Children's Mangrove Art Calendar. We had some incredible entries...

Posted by Mangrove Action Project (MAP) on Tuesday, November 17, 2020

މި މުބާރާތް ބާއްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އަކީ ދުނިޔޭގައި ހުރި ކުޅި، ފާ އަދި ޗަސްބިންތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މި މުބާރާތުން ހޮވާލެވޭ ކުރެހުންތައް 2021 ވަނަ އަހަރުގެ އެ ޖަމްޢިއްޔާގެ ކަލަންޑަރުގައި ހިމެނޭނެއެވެ.

https://thiladhun.wonstasite.com/43043

މި މުބާރާތުގައި ނޭކުރެންދޫ ސްކޫލުން ބައިވެރިވެފައިވަނީ 43 އަންހެން ދަރިވަރުންނާއި، 28 ފިރިހެން ދަރިވަރުންނާއިއެކު ޖުމްލަ 71 ދަރިވަރުން ނެވެ.

މި މުބާރާތް އަމާޒު ކުރެވިފައިވަނީ އުމުރުން 6 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށެވެ.