ހދ އަތޮޅު ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ކުޅުދުއްފުށީ ރީޖަނަލް ހިސްޕިޓަލް (ކޭއާރުއެޗް) އަށް އެޕޮއިންޓްމަންޓް ދޫކުރަން ފަށައިފި އެވެ.

ކޭއާރުއެޗް އިން މިއަދު ބުނީ، އެހޮސްޕިޓަލާއި އަތޮޅު ތެރޭގެ ސިއްހީ މަރުކަޒުތަކާއި އަދި އަތޮޅު ކައުންސިލްއާ ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ހދ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހަފްތާގެ ކަނޑައެޅިފައިވާ ދުވަސްތަކެއްގައި ކަނޑައެޅިފައިވާ އަދަދަކަށް އަތޮޅު ތެރޭގެ ހެލްތު ސެންޓަރުތައް މެދުވެރިކޮށް އެޕޮއިންޓްމަންޓް ދޫކުރުމުގެ ހިދުމަތް ފެށިފައިވާކަމަށެވެ.

Ad
rt

މިހިދުމަތް 18 އޮކްޓޫބަރުން 2020 އިން ފެށިގެން ކޭއާރުއެޗްއިން ވާނީ ތަޢާރަފު ކޮށްފައިކަމަށާއި 11 ދުވަސް ވަންދެން ކުޅުދުއްފުށި މޮނިޓަރިންގައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއެކު ހިދުމަތް ހޯދަން ގިނަ ފަރާތްތަކުން އެދެމުން ދިއުމާއެކު އެޕޮއިންޓްމަންޓް ލިބުމުގައި ބައެއް ކަހަލަ ދަތިތައް ހުރި ވާހަކަ ދަންނަވާކަމަށް އެހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެކަން ހައްލު ކުރުމަށްޓަކައި އެހޮސްޕިޓަލުން މަސައްކަތް ކުރަމުންދާކަމަށް ވަނީ ދަންނަވާފަ އެވެ.

ހޮސްޕިޓަލުގެ އެޕޮއިންޓްމަންޓް ހެއްދުމަށް 6528864 ނަންބަރު އަށް ގުޅުއްވުމަށް ނުވަތަ ވައިބަރ އަދި އެސްއެމްއެސް މެދުވެރިކޮން އެޕޮއިންޓްމަންޓް ހެއްދުމަށް 7887799 ނަންބަރު މެދުވެރިކޮން ހެއްދޭނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ޑޮކްޓަރުންގެ ޑިއުޓީ ބެއްލެވުމަށް ކޭއާރުއެޗްގެ ވެބްސައިޓް www.krh.gov.mv ނުވަތަ އަށް ގުޅިވަޑައިގެންނެވުން އެދިފައި ވެއެވެ.

މާލޭގެ ހޮސްޕިޓަލްތައް ވިޔަވާ ކޭއާރު އެޗްއަކީ އެންމެ ގިނަބަޔަކު ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެވެ. އުތުރުގެ ތިން އަތޮޅުން ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ މިހޮސްޕިޓަލުން ނެވެ.