ހއ. އިހަވަންދޫ، ހދ. ނެއްލައިދޫ އަދި ހދ. ހަނިމާދޫގައި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީކުރަމުން އަންނަ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢު އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.
ސީއީއޯ އާޒިމް، މި ތިން މަޝްރޫޢުގެ މަސައްކަތް ބައްލަވާ ލެއްވީ ހއ. ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ބައްލަވާ ލެއްވުމަށް އެރަށަށް ވަޑައިގަތުމަށްފަހު، މި ތިން ރަށަށް ކުރެއްވި ޒިޔާރަތުގައި އެވެ.
މި ގޮތުން އާޒިމް ވަނީ 23 އޮކްޓޯބަރު 2020 ގައި ހއ. އަހަވަންދޫއަށް ވަޑައިގެން އެރަށުގައި އެމްޓީސީސީން ތަރައްޤީ ކުރަމުންދާ ބަނދަރުގެ މަސައްކަތް ބަށްލަވާ ލަށްވާފައި އެވެ. އެ ރަށުގެ ބަނދަރުގެ މުޅި މަޝްރޫޢޫގެ 26 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި އެވެ.
CEO @adamazim & Minister of State for NPHI @Akramkdeen inspects the progress of Ha. Ihavandhoo Harbor Project. The scope of the project includes dredging 21295 cbm from harbor basin & construction of a 284m breakwater, 178m revetment, 95m quay wall. Overall project progress 26%. pic.twitter.com/eZ34aCPZlO
— MTCC Plc (@MTCCPlc) October 23, 2020
އާޒިމް ވަނީ 24 އޮކްޓޯބަރުގައި ހދ. ނެއްލައިދޫޫއަށް ވަޑައިގެން އެރަށުގައި އެމްޓީސީސީން ތަރައްޤީ ކުރަމުންދާ ބަނދަރުގެ މަސައްކަތް ބަށްލަވާ ލަށްވާފައި އެވެ. އެ ރަށުގެ ބަނދަރުގެ މުޅި މަޝްރޫޢޫގެ 38 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި އެވެ.
CEO @adamazim & Minister of State for NPHI @Akramkdeen inspects the progress of Hdh. Nehlaidhoo Habor Project. The scope of work includes dredging 61,714 cbm from harbor, const of a 223m channel breakwater, 204m quay wall & pavement of 1812sqm area. Overall project progress 38%. pic.twitter.com/MGDATGmTCU
— MTCC Plc (@MTCCPlc) October 24, 2020
ހަނިމާދޫގައި ތަރައްޤީ ކުރަމުންދާ ބަނދަރުގެ މަސައްކަތް ބައްލަވައިލެއްވުމަށް އެރަށަށް އާޒިމް ވަޑައިގަތީ ވެސް އިއްޔެއެވެ. އެ ބަނދަރުގެ މުޅި މަޝްރޫޢޫގެ 25 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި އެވެ.
CEO @adamazim & Minister of State for NPHI @Akramkdeen inspects the progress of Hdh. Hanimaadhoo Habor Project. The scope of the project includes dredging 85,099 cbm from harbor, const of a 355m breakwater, 270m quay wall, 50m revetment & 90m groyne. Overall project progress 25%. pic.twitter.com/nkJsgC1WC4
— MTCC Plc (@MTCCPlc) October 24, 2020
އާޒިމްގެ އަރިހުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!