ހއ. ދިއްދޫ ގިރާ ސަރަހައްދު ދާއިމީ ގޮތެއްގައި ޙިމާޔަތްކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދިއްދޫ ދާއިރާގެ މެންބަރ އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އާދަމް އާޒިމްއާއި މިއަދު ބައްދަލުކުރެއްވުމަށް ފަހު ވަހީދު ވިދާޅުވީ ހއ ދިއްދޫ ގިރާ ސަރަހައްދު ދާއިމީ ގޮތެއްގައި ޙިމާޔަތްކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ޕްލޭނިންގ ގެ ފަރާތުން ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކޮންޓްރެކްޓަރ އަކީ އެމްޓީސީސީ ކަމަށެވެ.

Ad
rt

މި ބައްދަލުވުމުގައި އެ މަސައްކަތް ޢަމަލީ ގޮތުން ފެށުމުގެ ކަންކަން އަވަސްކުރުމަށާއި ދިއްދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެ ކުންފުނިން ކުރިއަށް ގެންދެވުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފަ. އަދި މި މަޝްރޫޢުތަކުގެ އިދާރީ މަސައްކަތްތައް ނިމުނުހާ އަވަހަކަަށް، އޭގެ ޢަމަލީ މަސައްކަތްތައް ދިއްދޫގައި ފެށިގެންދާނެކަމުގެ ޔަޤީންކަން މެނޭޖިންގ ޑިރެކްޓަރ ވަނީ އަޅުގަނޑަށް ދެއްވާފަ

ވަހީދުގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުމުގެ ފުރުޞަތު ދެއްވީތީއާއި، ދިއްދޫގެ ހުރިހާ ރައްޔިތުންނަށް ދެއްވި ޔަޤީންކަމަށްޓަކައި އެ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އާދަމް އާޒިމްއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމުގައި ވަހީދު ވިދާޅުވެފައި ވެއެވެ.

ދިއްދޫ ހުޅަނގު ފަރާތާއި ރަށުގެ މެދުތެރެއިން 200 ފޫޓަށް ވުރެ ބޮޑު ބައެއް ގިރާލައިފިކަމަށް މީގެ ކުރިން ވަހީދުވަނީ ވިދާޅުވެފަ އެވެ.

https://thiladhun.wonstasite.com/34826

މިދިޔަ ޖޫންމަހުގެ ކުރީކޮޅު، ހއ ދިއްދޫ ކައުންސިލްގެ ފަރާތުން މި މައްސަލަ މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގެ ސަމާލުކަމަށް ގެނެސްދެއްވައި، ރަށުގެ ގޮނޑުދޮށުން 200 ވަރަކަށް ފޫޓު ގިރައިގެން ގޮސްފައިވާ ކަމަށާއި، މީހުން އުޅޭ ގެތަކަށް އަސަރުކުރަން ފަށާފައިވާ ކަމަށް ވަނީ އަންގަވާފައިކަމަށް އޭރުވަނީ ބުނެފައެވެ. އަދި މި ކަމުގައި އެ ކައުންސިލަށް އެހީތެރިވުމުގެ ގޮތުން، އެންވަޔަރަމެންޓް މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީއާ ކައުންސިލާ ދެމެދު މެދުވެރިއެއްގެ ގޮތުގައި ވާނީ މަސައްކަތްކޮށްފައިކަމަށާއި މި ގޮތުން ކުރެވުނު މަސައްކަތްތަކާއި، ބޭއްވުނު ބައްދަލުވުންތަކާއި، އަދި ކުރެވުނު ފޯން ކޮންފަރެންސްތަކުގެ ނަތީޖާއެއްގެ ގޮތުން، އެމްޓީސީސީގެ އެހީތެރިކަމުގައި މި މައްސަލަ ޙައްލުކުރުމަށް ވަނީ މަޝްވަރާކުރެވިފައިކަމަށް ހާމަކޮށްފައިވެއެވެ.