ފާޅު ބޯޓުގެ ފަޅުވެރިޔެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކޯވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު މާލެއިން ކުޅުދުއްފުއްޓަށް ދަތުރު ކުރި ފާޅުބޯޓުގެ ކައްޕި ކޯވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިއަދު ޕޮޒިޓީވްވެފައިވަނީ ބޯޓްގެ ފަޅުވެރިޔެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.

Ad
rt

އިއްޔެވެސް ވަނީ ފާޅުބޯޓުގެ ދެފަޅުވެރިއަކު ޕޮޒިޓިވްވެފަ އެވެ. މިއަދު ޕޮޒިޓިވްވިމީހާއާއި އެކު ފާޅުބޯޓުގެ ކޭސްއާއި ގުޅިގެން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 4 އަކަށް އަރާފަ އެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ހޯމްކަރަންޓީންގައި ހުރި ކުޑަ ކުއްޖަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއި އެކު އެރަށުން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދުމިވަނީ 5 އަކަށް އަރާފަ އެވެ.

ފާޅު ބޯޓްވަނީ ހދ. ނޮޅިވަރަމަށްވެސް ދަތުރުކޮށްފައެވެ. އެހެންކަމުން އެރަށްވެސް އޮތީ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ.