ހދ. ނޮޅިވަރަމް ޖަމިއްޔަތުއްރިސާލާއިން، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިނާމުތަކެއް ލިބޭ ޕްރޮގުރާމެއް ފަށައިފި އެވެ.

މިޕްރޮގުރާމާއި ބެހޭމަޢުލޫމާތު ތިލަދުންއާއި ހިއްސާކުރަމުން އެޖަމިއްޔާގެ ރައީސް މުޙައްމަދު ޒިޔާދު ބުނީ މިއީ ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ. މިޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ އެރަށުގައި ޤުރުއާން ހިތުދަސްކޮށްފައިތިބި ގިނަބަޔަކު އުފެއްދުމާއި ތަރާވިޙް ނަމާދު ކުރާނެ ބަޔަކު އެރަށުން ތަމްރީން ކުރުން ކަމަށެވެ.

Ad
rt

ޒިޔާދު އިތުރަށްބުނީ މި ޕްރޮގުރާމްގައި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރ މަހުކަމަށެވެ. އެގޮތުން އަންނަ އަހަރުގެ އޮކްޓޫބަރ މަހުގެ ނިޔަލަށް ޤުރުއާން ހިތުދަސްކޮށް ކިޔައިދޭ ފަރާތްތަކަށް ޑިސެންބަރ މަހު އިނާމް ލިބޭނެކަމަށް ޒިޔާދު ބުނެފައިވެއެވެ. އެގޮތުން މިއީ ސިލްސިލާ ހަރަކާތެއްކަމަށް ޒިޔާދު ފާހަގަ ކުރިއެވެ.

މި ޕްރޮގްރާމްގައި ދަސްކުރާ ކޮންމެ ފޮތަކަށް އިނާމެއް ލިބޭނެއެވެ. ޤުރުއާން އެކީ ހިތުދަސްކުރުމުން ތަޢުލީމީ އިތުރު ފުރުޞަތުތައްވެސް އެޖަމިއްޔާއިން ފަހިކޮށްދޭނެކަމަށް ޒިޔާދު ވިދާޅުވި އެވެ. މިއީ އެޖަމިއްޔާ އަށް ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއިއެކު ކުރިއަށްގެންދާ ޕްރޮގުރާމެއްކަމަށް އެފަރާތުން ހާމަކުރެ އެވެ.

މީގެއިތުރުން ޒިޔާދު ބުނެފައިވަނީ މި ޕްރޮގްރާމްގައި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުން ކިޔައިދިނުމަށް ހަމަޖެހިފައިވަނީ އެރަށުގައި ތިބި ޤުރުއާން ޓީޗަރުންނަށްކަމަށެވެ. އިނާމުގެ ގޮތުގައި ހިމެނެނީ ފައިސާގެ އިނާމާއި މެޑަލް އަދި ޓްރޮފީ އެވެ.

ނަންނޯޓް ކުރުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7952934 ނަންބަރ އަށް ގުޅުއްވުމަށް އެޖަމިއްޔާއިން އެދެއެވެ.

https://thiladhun.wonstasite.com/30799

ހދ. ނޮޅިވަރަމްގެ ޖަމްއިއްޔާއެެއް ކަމަށްވާ، ޖަމިއްޔަތުލް ރިސާލާއިން އަންނަނީ އެރަށުގައި ދީނީ ގޮތުން ހޭލުންތެރި ކުރުމުގެ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކުޑަކުދިންނަށް އަމާޒުކޮށްގެން "ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް" މި ނަމުގައިވެސް ވަނީ ޕްރޮގްރާމްއެއް ކުރިއަށް ގެންގޮސްފަ އެވެ.