ތިމާވެށީގެ ނަމުގައި ވިޔަފާރިތައް މަނާކޮށް، ރައްޔިތުންގެ ދިރިއުޅުމާއި އަދި އާމްދަނީއަށް ހުރަސްއަޅާ ޒާތުގެ މުއާހަދާތަކުގައި ސޮއިކޮށް ހިންގާ ބައެއް ކަންކަމަކީ ދެކޮޅު ޖެހޭ ސިޔާސަތެއްނޫންކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މެމްބަރު ބޮންޑޭ މިހެން ވިދާޅުވީ ''ހުއިފިލަނޑާގެ ދެ ބާވަތެއް ބޭރު ކުރުމުގެ ހުއްދަ ދިނުން ހުއްޓާލަނީ" މި ސުރުޚީގެ ދަށުގައި ނޫހަކުން ގެނެސްދީފައިވާ ޚަބަރު އޭނާގެ ޓުވީޓާގައި ހިއްސާ ކުރަށްވަމުން ކުރެއްވި ޓުވީޓެއްގައި އެވެ.

Ad
rt

ބޮންޑޭ ވިދާޅުވީ ތިމާވެށީގެ ނަމުގައި ވިޔަފާރިތައް މަނާކޮށް، ރައްޔިތުންގެ ދިރިއުޅުމާއި އަދި އާމްދަނީއަށް ހުރަސްއަޅާ ޒާތުގެ މުއާހަދާތަކުގައި ސޮއިކޮށް ފަރު ފަޅު ހިއްކާ ނެރު ގޮއްވާ ކަނޑު ފަޅު ގޮނޑުކުރާ ސިޔާސަތަކީ ދެކޮޅު ޖެހޭ ސިޔާސަތެއްނޫން ކަމަށެވެ.

"ތިމާވެށީގެ ނަމުގައި ވިޔަފާރިތައް މަނާކޮށް، ރައްޔިތުންގެ ދިރިއުޅުމާއި އަދި އާމްދަނީއަށް ހުރަސްއަޅާ ޒާތުގެ މުއާހަދާތަކުގައި ސޮއިކޮށް ފަރު ފަޅު ހިއްކާ ނެރުގޮއްވާ ކަނޑު ފަޅު ގޮނޑުކުރާ ސިޔާސަތަކީ ދެކޮޅު ޖެހޭ ސިޔާސަތެއްނޫން"

=އިބްރާޙީމް ރަޝީދު، މާފަންނު މެދު ދާއިރާގެ މެމްބަރު=

ބޮންޑޭ މިހެން ވިދާޅުވެފައިވާއިރު، އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ހުއިފިލަނޑާގެ ދެ ބާވަތެއް ކަމަށްވާ ހުދު ބަޓާއި ކަޅު ބަޓު ރާއްޖެއިން ބޭރު ކުރުމުގެ ހުއްދަ ދިނުން ހުއްޓާލަން ނިންމާފައި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މި އޯގަސްޓް މަހުގެ 27 ވަނަ ދުވަހު ނެރެފައިވާ އާންމު އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ، "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) މުޢާހަދާއިން އޯގަސްޓް 2019 ގައި ބޭއްވުނު 18 ވަނަ "ކޮންފަރެންސް އޮފް ދަ ޕާރޓީސް" (ކޮޕް 18) ގައި، ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ދެބާވަތެއް ކަމަށްވާ ހުދު ބަޓު އަދިކަޅު ބަޓު ވަނީ އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމެނުމަށް ފާސްކޮށް، އެކަމަށް ތައްޔާރުވުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.