ކޮވިޑް-19 ގައި އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ނިޔާވި މީހާ އަކީ ރޭ ދަންވަރު 2:58 ހާއިރު އައިޖީއެމްއެޗްގެ އީއާރް އަށް ގެންދެވުނު މީހެއް ކަމަށެވެ.

Ad
rt

ކުރިން މިބަލީގައި 26 މީހުން މަރުވެފައި ވާއިރު މި އަދަދު ވަނީ 27 އަށް އުފުލިފައެވެ.

މި ބަލީގައި މިދިޔަ ހުކުރު ދުވަހު ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެ ދުވަހު ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން އަންނައިރު އިއްޔެ އެކަނި ވެސް މި ބައްޔަށް ރާއްޖެއިން ވަނީ 119 މީހަކު ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 4222 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން އަންނަނީ 2531 މީހުންނެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 162 އަކަށް އަރާފައެވެ.

މި ބަލިން ރާއްޖޭއިން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 7 ބިދޭސީންއެވެ.