އޭމޭޒޮން ރެއިން ފޮރެސްޓްގެ ހާލަތު ބަލާލަން ދިއުމަށް ބްރެޒިލްގެ ނައިބު ރައީސް ހެމިލްޓަން މޮއުރާއޯ މަޝްހޫރު ފިލްމީ ތަރި އަދި ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ލިއަރނާޑޯ ޑީކެޕްރިއޯއަށް ދައިވަތު އަރުވައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ރެއިން ފޮރެސްޓް ހަލާކު ކުރަނީކަމަށް ބުނެ އެތައް ތުހުމަތު ތަކެއްގެ އިނގިލި ބްރެޒިލް ސަރުކާރަށް ދިއްކޮށްފައިވާ ވަގުތެއްގައި މިދަޢުވަތު ލިއަނާޑޯއަށް އަރުވާފައި މިވަނީ އެ ޖަންގަލީގެ ހަގީގީ ހާލަތު ދައްކާލުމަށް ކަމަށް އެޤައުމުން ބުދަދުވަހު ވަނީ ހާމަ ކޮށްފައެވެ.

Ad
rt

ރައީސް މައުރޯއާއިއެކު ލިއަނާރޑޯ ޖަންގަލި ބަލާލަން ދިއުމަށް ދަތުރުކުރަން ޖެހެނީ ބްރެޒިލްގެ ސާއޯގެބްރިއަލްޑާ ކާޝޮއެއިރާ ނަމަކަށް ކިއާ އަވަށެއްގައިވާ ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގަކުން ކަމުގައި ޚަބަރު ލިބެއެވެ.

"އަހަރެން ބޭނުން ލިއަރނާޑޯ އަހަންނާއިއެކު ސާއޯ ގެބްރިއަލް އެއަރޕޯޓުން ކުކުއި ހައިވޭއަށް 8 ގަޑިއިރު ދުއްވާފަ އަހަންނާއެކު ގޮސް އެޖަންގަލި ބަލަން" މޮއުރާއޯ ވިދާޅުވިއެވެ.

"ޖެހޭ ކޮންމެ ވަޅުގަނޑަކުން އޭރުން ލިއޯނާރޑޯއަށް އެނގޭނެ އެމޭޒޮން އަކީ އޮމާންބިމެއް ނޫންކަން، އަދި މިހާބޮޑު ތަނެއްގައި ކަންތައްތައް ހުންނަގޮތް އޭރުން އޭނާއަށް އެނގޭނެ" މޮއުރާއޯ އިތުރަށް ވިދާޅުވިއެވެ. ލިއޯނާޑޯގެ ރިޕްރެޒެންޓެޓިވުން މިކަމަށް އެއްވެސް ޖަވާބެއް ދީފައެއްނުވެއެވެ.

މިދިޔަ އަހަރު އެމޭޒޮން ޖަންގަލީގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ މެދުވެރި ކުރުވަން ފަންޑު ކުރިކަމަށް ބްރެޒިލްގެ ރައިޓްވިންގް ރައީސް ޖެއަރ ބޮލްސޮނާރޯ ވަނީ އެއްވެސް ހެއްކަކާއި ނުލާ ލިއަރނާޑޯއަށް މީގެކުރިން ތުހުމަތުކޮށްފައެވެ. އަދި ލިއާނާޑޯ ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.

އެގައުމުގެ ސަރުކާރުގެ ހޯދުންތަކުން ފެންނަން ހުރިގޮތުގައި މިދިޔަ އަހަރާއި އަޅާބަލާއިރު މިއަރު ޖޫން އަދި ޖުލައިގައި އަލިފާނުގެ ހާދިސާގެ ޢަދަދު އެ ޖަންގަލީގައި ގިނަކަމަށް ވަނީ ހާމަކޮށްފައެވެ. ނަމަވެސް އޮގަސްޓް މަހުގެ ފުރަތަމަ 15 ދުވަހުން ފެށިގެން މިދިޔަ އަހަރާއި ބަލާފަ އަލިފާނުގެ ހާދިސާ ވަނީ 17 ޕަރސަންޓް ދައްވެފައެވެ. އަދި ޖުލައި މަހުން ފެށިގެން ފާއިތުވެދިޔަ 12 މަހު ޑިފޮރެސްޓޭޝަންގެ މައްސަލަވަނީ 34.5 ޕަރސަންޓު މިދިޔަ އަހަރާއަޅާބަލާއިރު މައްޗަށްޖެހިފައެވެ.

ލިއަނާޑޯ ޑިކެޕްރިއޯ ވަނީ ތިމާވެށި ހިމާޔަތްކުރަން ހާއްސަ ފައުންޑޭޝަނެއް އުފައްދާފައެވެ. އަަދި އޭނާވަނީ އެމޭޒޮން ޖަންގަލި ހިމާޔަތް ކުރަން އަޑުއުފުލާފައެވެ. ސައިންސްވެރިން ހާމަކުރާގޮތުގައި އެމޭޒަން ރެއިން ފޮރެސްޓަ އަށް ގިނައަދަދެއްގެ ގްރީންހައުސް ގޭސްތަކުގެ އަސަރު ކުރާތީ މޫސުމީ އެކި ބަަދަލުތައް އައުން ގިނަވާނެއެވެ.

ޖުލައިމަހު ޓްވިޓަރ މެދުވެރިކޮށް ލިއަރނާޑޯ ވަނީ ބްރެޒިލް ސަރުކާރުން އެމޭޒަން ރެއިން ފޮރެސްޓް ހިމާޔަތް ކުރަންއެޅި ހާއްސަ ފިޔަވަޅަށް ތައުރީފްކޮށްފައެވެ.