ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ބަލިން ފަސޭހަވުމުން ދޫކޮށްލައިފިއެވެ.

އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ ކޯވިޑް-19 އަށް އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ.

Ad
rt

އެމީހާ ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނުގެ މުއްދަތުގައި ދެއްވި އެއްބާރުލެއްވުމަށާއި ކެތްތެރިކަމަށްޓަކައި ޝުކުރުދަންނަވާ ކަމަށް ވެސް އެ ޞިއްޙީ މަރުކަޒުން ވަނީ ބުނެފައެވެ.

"ކޯވިޑް-19 އަށް ހއ. އިހަވަންދޫން އެންމެ ފުރަތަމަ ފައްސިވި މީހާ ބަލިން ރަނގަޅުވުމާއި އެކު މިހާރު ވަނީ ދޫކޮށްލާފައެވެ. ކަރަންޓީނުގެ މުއްދަތުގައި ދެއްވި އެއްބާރުލެއްވުމަށާއި ކެތްތެރިކަމަށްޓަކައި ޝުކުރު ދަންނަވަމެވެ."

=އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު=

އިހަވަންދޫން ފުރަތަމަ ކޯވިޑުގެ ކޭހެއް ފެނިފައި ވަނީ މިދިއަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ މާލެއިން ފުރައިގެން އިހަވަންދޫއަށް ދަތުރުކުރި ޓޫފޯޓޫ ބޯޓުގެ ކޭޝިއަރުގެ ފަރާތުން ކޯވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ބައްޔަށް ޕޮޒިޓިވް ވުމުންނެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އޮގަސްޓް1 ވަނަ ދުވަހުއެވެ.

އިހަވަންދޫއިން 242 ބޯޓުގެ ކޭޝިއަރު ބަލިން ފަސޭހަ ވެފައިވާއިރު، އެ ބޯޓުގެ ކައްޕީގެ އިތުރުން ތަޚުތު ބޯޓުގެ ދިވެހި ފަޅުވެރިއަކާއި އެ ބޯޓުގެ އިތުރު ދެ ބިދޭސީ ފަޅުވެރިޔަކު ވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އެ މީހުން ބަލިން ރަނގަޅުވިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކެލާ ސަވާރީ ބޯޓުގެ ކޭހާއިގުޅިގެން ޕޮޒިޓިވްވި 10 މީހުން ވެސް ބަލިން ފަސޭހަވުމުން މިހާރު ވަނީ ދޫކޮށްލައި ފައެވެ.