ހިޔާ މަޝްރޫގެ ފްލެޓްތަކަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ.
ހިޔާ ފްލެޓްތައް ދޫކުރުމުގެ ކުރިން އެ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ގުޅައި އެމީހަކު ދިރިއުޅޭ ތަނަކަށް ޒިޔާރާތް ކުރެ އެވެ. ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އާންމުކޮށްފައި ވަނީ މިގޮތަށް ގުޅި ގުޅުމުން ދީފައިވާ ނަންބަރަށް ނުގުޅޭ މީހުންގެ ނަންތަކެވެ.
"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަށަވަރު ކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ ބައެއް ފަރާތްތަކުގެ ނަންތައް ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައެވެ.
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ގެޒެޓު ކުރައްވާފައިވާ މި ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H9 އަދި H11 މި ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކެވެ. އެ ފަރާތްތަކަށް ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ވެސް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން މި ލިސްޓުގައި ހިމެނޭ ފަރާތްތަކުން 2020 އޮގަސްޓު މަހުގެ 23 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން، https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ވެސް އެ ކޮމެޓީން އެދިވަޑައިގަންނަވާކަމަށް ރައީށް އޮފީހުން ހާމަކުރެއެވެ.
މި ލިސްޓުތަކުގައި ޖުމްލަ 102 މީހުން ހިމެނެ އެވެ. ކޮމިޓީން ބުނީ މިއީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށެވެ.
ލިސްޓްގެ ލިންކް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!