ލުބުނާނުގެ ވެރިރަށް ބޭރޫތު ޕޯރޓުގެ ގުދަނެއްގައި ރައްކާކޮށްފައި ހުރި އެމޯނިއަމް ނައިޓްރޭޓް ގޮވައިގެން ހިނގައިދިޔަ ހިތާމަވެރި ހާދިސާގެ ކުރިން، ސަރުކާރުގެ އެކި އިދާރާ ތަކަށް ބޭރޫތުގެ ޕޯޓުގައި އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރިކަން އަންގާފައިވާކަން އެނގޭ ޑޮކިއުމަންޓްތަކެއް އާންމު ވެއެޖެއެވެ.
އެކަން އަންގާފައިވާ ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސް ހިމެނެއެވެ. މިހާދިސާއާއި ގުޅިގެން އެގައުމުގެ ޕްރައިމް މިނިސްޓަރ ހަސަން ޑައެބް ވިދާޅުވެފައި ވަނީ 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް 6 އަހަރު ވަންދެން ވެއަރހައުސް ކޮށްފައި ބެހެއްޓުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ނަމަވެސް ސީއެންއެން ގައި ރިޕޯރޓް ކޮށްފައިވާ ގޮތުން ސީއެންއެންއަށް ލިބިފައިވާ ލިއުންތަކުން ލުބުނާނު ސަރުކާރުގެ ބައެއް އޮފިޝަލުންނަށާއި، ޖުޑީޝަރީއަށް މިހާގި ނަައަދަދުގެ ނުރައްކާތެރި ތަކެތި އެ ގުދަނުގައި ރައްކާކޮށްފައިވާކަން އެނގެއެވެ. އަދި އެފަރާތްތަކަށް މިތަކެއްޗާއި މެދު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ނުކުޅެދުނީ ކަމަށް ޤަބޫލްކުރެވޭ ކަމަށް ވަނީ ރިޕޯރޓްކޮށްފައެވެ.
2013 ވަނަ އަހަރު ރަޝިއާގެ އުޅަނދެއް ވަނީ 2750 މެޓްރިކް ޓަނުގެ އެމޯނިއަމް ނައިޓްރޭޓް އާއިއެކު ބޭރޫތު ޕޯރޓުން ހުއްޓުވާފައިއެވެ. އަދި އެއީ މޮޒަމްބީކްއަށް ގެންދެވޭ ކާގޯއެއް ކަމުގައި ވީނަމަވެސް ފައިސާގެ ދަތިކަމެއް ކުރިމަތިވުމުން ބޭރޫތުގައި ބޯޓުވަނީ މަޑުކޮށްފައެވެ.
ރަޝިއާގެ އެ އުޅަނދުގެ ކްރޫއިންގެ ރެޕްރެޒެންޓޭޓިވް ކަމުގައިވާ ބަރޯޑީ އެންޑް އެސޯސިއޭޓްސް ވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހު ބޭރޫތު ޕޯޓުގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓަށް، ބޯޓުގައި ނުރައްކާތެރި ސާމާނު ހުރިކަމުގެ އިންޒާރުދީފައެވެ. އަދި މި އިންޒާރާއި އެކުވެސް އެބޯޓުވަނީ ބޭރޫތު ގެ ޕޯރޓުގައި ބާއްވާފައެވެ.
މިކަމާއި ގުޅިގެން ސީއެންއެންއިން ލުބްނާންގެ މިނިސްޓްރީ އޮފް ޖަސްޓިސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓޭޝަން އަަދި ބޭރޫތު ޕޯރޓްގެ ބަހެއް ހޯދަން މަސައްކަތް ކުރިކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން ޖަވާބެއް ނުލިބޭކަމަށް ވަނީ ރިޕޯރޓްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!