ހުޅުމާލޭ ގައި "މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް" ގެ ގޮތުގައި ހަތަރު އެޕާޓްމަންޓް ބިލްޑިންގް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދަން ހައުސިންގ ޑިވޮލެޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޢިއުލާން ކޮށްފިއެވެ.
ހުޅުމާލޭ ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުވެފައިވާ ސަރުކާރުގެ ކުންފުނި އެޗްޑީސީއިން، ހުޅުމާލޭގައި "މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް" ގެ ގޮތުގައި ހަތަރު އެޕާޓްމަންޓް ބިލްޑިންގް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދަން އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދަން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެކަމަށް ހަތަރު ބިމެއް ދޫ ކުރުމަށް ވަނީ ނިންމާފައެވެ.
މިގޮތުން ބިން ދޫކުރަން ނިންމާފައި ވަނީ، އެ ބިން ތަކުގައި 14 ބުރީގެ ތިން އިމާރާތާއި 10 ބުރީގެ އެއް އިމާރާތް ހެދުމަށެވެ. ހަތަރު އިމާރާތުގެ ތެރެއިން 10 ބުރީގެ އިމާރާތުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 12،000 އަކަފޫޓެވެ. ބާކީ ތިން އިމާރާތުގެ ބޮޑުމިނުގައި އުޅެނީ 24،000 އަކަފޫޓާއި 30،000 އަކަފޫޓު އަދި 26،000 އަކަފޫޓެވެ. މި އިމާރާތްތަކުގައި ހިމެނޭނީ 2-3 ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ.
Announcement: Development and Sale of Mixed Residential Buildings in Hulhumalé
For further details, please click the link below;https://t.co/IxgIqG9wO4
— HDC (@hdcmaldives) July 24, 2020
އިމާރާތްތައް ހަދަން ޝައުގުވެރިވާ ދިވެހި ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ހުށަހަޅަންޖެހެ އެވެ. ބޭރު ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ އަގަކީ އެއްލައްކަ ޑޮލަރެވެ.
އެޗްޑީސީއިން މިކަމަށް ކޮށްފައިވާ ޢިއުލާންގައި ވާގޮތުން އަންނަ ސެޕްޓެމްބަރު 24 ގެ ކުރިން މިކަމަށް ކުރިމަތިލާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަންޖެހެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!