ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް އޭނާ މިރޭ ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

Ad
rt

އަލީ ވަހީދު މިރޭ ފުލުހަށް ހާޒިރުކުރިއިރު އޭނާއާ ދެކޮޅަށް 15 ފަރާތަކުން މިހާތަނަށް ބަޔާން ދީފައިވާކަން ފުލުހުން މިދިޔަ ހަފްތާގައި ވަނީ ހާމަކޮށްފައެވެ.

މިއީ، މި މައްސަލައިގެ ތުހުމަތާ ގުޅިގެން މި މަހުގެ 9 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލީ ވަހީދު މަގާމުން ވަކިކުރެއްވި ފަހުން ފުލުސް އޮފީހަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.