ކ. ތިލަފުށީ ކައިރިން ތިން މީހުންނާއި އެކު ދަތުރު ކުރި ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތުދޭ ގޮތުގައި މިއީ މާލެއިން ތިލަފުއްޓަށް ދަތުރު ކުރި “ސެކިއޯ ބޭކް” ނަމަކަށް ކިޔާ ދޯންޏެކެ އެވެ.
އެމްއެންޑީއެފް ކޯސްޓުގަޑުން މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 5:10 ހާއިރު އެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ދޯނި ބަންޑުން ޖަހާލި އިރު އޭގައި ތިން ފަޅުވެރިން ތިބި ކަމަށެވެ. އެ މީހުން ވަނީ ވިލާ ހަކަތައިގެ ދޯންޏަކަށް ނަގާފައި ކަމަށެވެ.
ދޯނި ބަންޑުން ޖަހާލީ ކަނޑުގަދަވެ ދޯނި އެއް ފަރާތަށް އަރިއަޅާލައިގެންނެވެ.
އިއްޔެ ހެނދުނުވެސް ވަނީ ދޯންޏެއް ބަންޑުން ޖަހާލާފައިވެ އެވެ. އެ ދޯނީގައި ތިބި ނުވަ މީހުން ކަނޑުވެފައި ތިއްބަ ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!