ދުނިޔޭގެ 57 ވަނައަށް އެންމެ ގިނަ މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ ގަޢުމުގެ ގޮތުގައި ރެކޯޑުކުރެވިފައިވާ ޖަޕާން ލޮކްޑައުންއަކަށް ނުގޮސް އެގައުމުގައި ނެރެފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފި އެވެ.
ޖަޕާނުގައި މިއަދު ގެ ނިޔަލަށް 24132 މީހުން ވަނީ ކޮރޯނާ އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭން 19366 މީހުން ބަލިން ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދަކީ 985 އެވެ. މީގެ އިތުރުން ސަރަހައްދު ތަކުގެ ނިސްބަތުން ބަލާނަމަ ފައްސިވި މީހުން ގެ އަދަދު އެންމެ ގިނައީ ވެރިކަންކުރާ ރަށް ޓޯކިޔޯގަ އެވެ.
ކޮންފަރެންސެއްގައި ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަބޭ ވިދާޅުވެފައި ވަނީ ޖަޕާނުގައި ކޯވިޑް-19 ގެ ޙާލަތު ހަމަޔަކަށް އެޅުނީ ދޮޅުމަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް ބަލީގެ ނުރައްކާ މުޅިއަކުން ނިމުނީ ނޫންކަމަށާއި ސަމާލުވެގެން އުޅުމަށް ޖަޕާނުގެ ރައްޔިތުންނަށް އަބޭ ވަނީ ގޮވާލައިފަ އެވެެ.
ވޮޝިންޓަން ޑީސީ ގެ ޖަޕާނު އެމްބަސީ އިން މައުލޫމާތު ދޭގޮތުގައި އެގައުމުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ މިންވަރު ގާތުން ބެލެވޭނެ ކަމަށާއި ގައުމަށް މީހުން އެތެރެ ކުރުމުގައި ސަރުކާރުން އިފްތިތާޙް ކޮށްފައިވާ ސަލާމަތީ ފިޔަވަޅުތައް ކުރިއަށް ދާނެ ކަމަށެވެ.
ދުނިޔޭގެ ގިނަ ގައުމުތަކާއި ހިލާފަށް ފުރަބަންދަކަށް ނުދިޔަ ނަމަވެސް ކޮރޯނާ ފެތުރިފައިވާ ގައުމުތަކަށް ދަތުރު ކޮށްފައިވާ ފަތުރުވެރިން ގައުމަށް އެތެރެވުމަކީ މަނާ ކަމެކެވެ. އޭގެއިތުރުން ފިހާރަތަކާއި ރެސްޓޯރެންޓްތައް ބަނދުކުރާ ގަޑި އަވަސް ކުރެވުނު އިރު ޖިމް އަދި ކަރޯކޭ ބާ ގެ އިތުރުން އެހެނިހެން މިއުޒިކަށް ޙާއްސަ ތަންތަން ވަނީ ބަންދުކޮށްފަ ކަން ފާހަގަކޮށްލެވެ އެވެ.
ޖަޕާނުގައި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމާއި ގުޅިގެން އެގައުމުގެ އިކޮނަމިކް ރީވައިޓަލައިޒޭޝަން މިނިސްޓަރު ޔަސުޓޯޝީ ނިޝިމޫރާ ވިދާޅުވެފައި ވަނީ އާންމު ހާލަތަކަށް ރުޖޫޢަވި ނަމަވެސް ކޮންމެ ތިން ހަފްތާ އަކުން ކޮރޯނާ ވައިރަސް އާއި ބެހޭ ޙާއްސަ ރިވިއު ތަކެއް ކުރިއަށް ދާނެ ކަމަށެވެ. މީގެ އިތުރުން ގޭގައި މަޑު ކުރުމަށާއި ސޯޝަލް ޑިސްޓެންސިން ގެ މިންގަޑު ތަކަށް އެއްބާރުލުން ދިނުމަށް އޭނާ ވަނީ އާންމުންގެ އަރިހުން އެދިފަ އެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!