ހއ.އަތޮޅު ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަކުރުމަށް ނިންމައިފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަތަކެތީގައި ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

Ad
rt

މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރ ވާ ހޯމަދުވަހުގެ އެކެއް ޖަހާއިރު ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން މައޫލޫމާތު ސާފްކުރެއްވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

އަދި އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ އަދި 11 ސެޕްޓެމްބަރ ވާ ބުދަ ދުވަހުގެ އެކެއް ޖަހާއިރު ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން ކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

މި މަސައްކަތް ކުރުމަށްޓަކައި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، އަދި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމަށް ހޮސްޕިޓަލުގެ އިޢުލާނުގައި ވެއެވެ.

ހއ. އަތޮޅު ހޮސްޕިޓަލް އަކީ ސާދަ ރަށުގައި މީހުން ދިރިއުޅޭ ހއ. އަތޮޅުގެ މީހުން ބޭނުން ކުރަމުން ދާ ހޮސްޕިޓަލެކެވެ. ދިއްދޫގައި ހުންނަ އެ ހޮސްޕިޓަލަށް މި އަހަރު ވަނީ 51 އަހަރު ފުރިފައެވެ.