ށ. އަތޮޅު ކައުންސިލުން 85,720 ހިއްސާ އިސްލާމިކް ބެންކުން ގަންނަން ފާސްކޮށްފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު އެކައުންސިލްގެ 3 ވަނަ ދައުރުގެ 114 ވަނަ ޢާއްމު ޖަލްސާ އިންނެވެ.
މޯލްޑިވްސް އިސްލާމިކް ބެންކުން ޢާއްމުކޮށް ހިއްސާގަތުމަށް ހުޅުވާލާފައިވުމާއެކު އެ ބެންކުންގެ ހިއްސާދާރަކަށްވުމަށް ފާސްކޮށް، ކައުންސިލުގެ ރިޒާވުން 2,000,200.00 ރ. (ދެ މިލިއަން ދުއިސައްތަ ރުފިޔާ) އާއި، ޓްރަސްޓް ފަންޑުގެ މަދަދު ލޯނު ޕްރޮމްގެ ތެރެއިން 1,000,000.00ރ. (އެއްމިލިއަން ރުފިޔާ) އާއެކު ޖުމްލަ 3,000,200.00ރ. (ތިން މިލިއަން ދުއިސައްތަ ރުފިޔާ) އަށްވާ، ހިއްސާއެއްގެ މޫނުމަތީއަގު 35.00ރ. (ތިރީސްފަސްރުފިޔާ)ގެ މަގުން 85,720 ހިއްސާ ގަތުމަށް ނިންމާފައިވެއެވެ. އަދި އެކަމަށް ބޭނުންވާ ކައުންސިލްގެ ޤަރާރުގައި ސޮއިކޮށް، ހިއްސާއަށް ދޫކުރާ ޑިވިޑެންޑް ޖަމާކުރަންވާނީ ކައުންސިލްގެ “1309ރެވެނިއު 1” އެކައުންޓް ކަމުގައި ކަނޑައަޅާފައިވެއެވެ.
މިހާރުވެސް އެ ކައުންސިލްގެ 160،000 ރުފިޔާގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސްގައި ހުންނާނެ ކަމަށް އެކައުންސިލުން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!