ކުޅުދުއްފުށީގައި ޤާއިމުކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ކާރުޚާނާގެ މެޝިނަށް ދިމާވި މައްސަލަ ދެހަފްތާގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް އެމް ޑަބުލިއު އެސް ސީ އިން ބުނެފިއެވެ.
އެކުންފުނީގެ އޮފިޝަލަކު އޮންލައިން . ނޫހަކަށްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މެޝިނަށް ދިމާވީ ލޭބަލްގެ ކޮލިޓީގެ މައްސަލައެއް ކަމަށާއި ، އެމައްސަލަ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޙައްލު ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޝިނަށް މައްސަލަ ދިމާވެ ފެން ބަންދު ކުރުން ވަގުތީގޮތުން މެދުކެނޑިފައިވާކަން އެތަނުން ފެން ގަންނަ ބޮޑެތި ވިޔަފާރިތަކަށް އަންގާފައިވާކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވިއެވެ. އަދި މިދުވަސްތަކުގައި ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށް މާލެއިން ކުޅުދުއްފުއްޓަށް ފެން ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ގާއިމް ކޮއްފައިވާ ފެން ޕުލާންޓަކީ ގަޑިއަކު 900 ފުޅި ފެން އުފެއްދޭ ޕްލާންޓެކެވެ. ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕްލާންޓުން 330 މލ، އާއި 500 މލ އާއި 1.5 ލ. ފެންފުޅި ބަންދުކޮށް ވިއްކަމުންގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!