މާލެއިން ފުރައިގެން ހއ. ދޮނަކުޅި އަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް އޭގައި ތިބި 5 މީހުން ކަނޑުވެފައި ވަނިކޮށް އެމްއެންޑީއެފުން އެމީހުން ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ "ފަތޮޅު" ނަމަކަށް ކިޔާ ބޯޓުގައި ދަތުކުރީ 6 މީހަކު ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް އެ ބޯޓުގައި ދަތުރު ކުރީ 5 މީހުން ކަމަށާއި، އެމީހުން ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށް މިހާރު ކ. މާފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަށް ވަމުން އަންނަ ކަމަށެވެ.

Ad
rt

އެ ބޯޓު ފެތުނީ ކާށިދޫ އުތުރުން ނުވަ މޭލު ބޭރުގައި އޮއްވައި އިންޖީނު ހުއްޓިގެން ކަމަށާއި، އިންޖީނު ހުއްޓިގެން ރިޕޯޓްކުރީ 12:29 ގައި ކަމަށާއި އަދި ބޯޓު އަޑިއަށް ދިޔައީ އަރިއަޅާލައިގެން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ބޯޓުން ކަނޑުވި މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކަނޑާއި، ވައިގެ މަގުންވެސް ކޮށްފައެވެ. އެމްއެންޑީއެފްގެ ކޯސްޓްގާޑާއި، ސީޕްލޭން ބޭނުންކޮށްގެން ކުރި މަސައްކަތުން އެ ބޯޓުން ދަތުރުކުރި 5 މީހުން ހޯދާފައި ވަނީ މިއަދު 14:20 ހާއިރުއެވެ.

އެބޯޓުން ދަތުރުކުރީ 5 ދިވެހިންނާއި، ބިދޭސީއެއް ކަމަށާއި، އެ އެންމެންގެވެސް ހާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.