ހދ. ހަނިމާދޫގައި ރީޖަނަލް ލެބޯޓަރީގެ މަސައްކަތް ޑިޒައިން، ބިލްޑް އަދި ކޮންސްޓްރަކްޝަން އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ކޮށްފައިވާ އިޢުލާނަށް ބީލަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިކަމާއި ގުޅިގެން އެ މިނިސްޓްރީއިން 20 އޭޕްރިލް 2020 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ބީލަން ހުޅުވުން އޮންނާނީ 03 ޖޫން 2020 ވާ ބުދަ ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. ނަމަވެސް ބީލަން ހުޅުވުމުގެ މުއްދަތު އިތުރުކޮށް 30 ޖޫން 2020 ގައި އެ މިނިސްޓްރީއުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ މިހާރު ބީލަން ހުށުވުން އޮންނާނީ 16 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.
އެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ 02 މާރިޗު 2019 އިން ފެށިގެން މި މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށްކަމަށެވެ.
މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިންކަމަށެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާން ކުރެވިފައި ވާނެކަމަށާއި އަދި ބީލަމުގައި ބައިވެރިވުމަށް -/1,500 (ފަނަރަ ސަތޭކަ) ދިވެހި ރުފިޔާ ނުވަތަ 100.00 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 17 މާރިޗު 2020 އިން 15 ޖުލައި 2020 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ aminath.naaheen@finance.gov.mv އީމެއިލް އެޑަރެހަށް ފޮނުއްވަންވާނެކަމުގައި އެ އިޢުލާނުގައިވެއެވެ.
މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 28,000.00 (އަށާވީސްހާސް ރުފިޔާ) ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް ޑޮލަރުން ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށާއި މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 02 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 1200 ގެ ކުރިން، ބަޔާންކުރެވިދިޔަ އީމެއިލް އެޑްރެސްއަށްކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!