އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާމެދު ބަދުއަޚުލާޤީ އަމަލު ހިންގާފައިވަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގި ފިލައިގެން އުޅޭ ބަންގްލަދޭޝް މީހެއް ތަހުގީގަށް ހާޒިރުވާން އަންގައި، އެކަން ފުލުހުން ޢިއުލާން ކޮށްފިއެވެ.

އެމީހާ ތަހުގީގަށް ހާޒިރުވާން އަންގައި ފުލުހުން މިއަދު ކުރި ޢިއުލާންގައި ބުނީ އައްޑޫ ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

މިމައްސަލައާއި ގުޅިގެން ފުލުހުން ފޮޓޯ އާންމުކޮށް، ތަހުޤީގަށް ހާޒިރުވާން އަންގާފައި ވަނީ ބަންގްލަދޭޝް މީހެއް ކަމަށްވާ އުމުރުން 33 އަހަރުގެ އެމްޑީ އިދްރީސް އެވެ.

ނަމަވެސް އެމީހާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީއާއި، އެ މީހާއަކީ އޭނާގެ ސްޕޮންސަރ އަށްވެސް ފިލައިގެން އުޅޭ މީހަކަށް ވާތީ އަދި އެމީހާ އުޅޭ ވަކި ތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އެމީހާއަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުހުންވަނީ އެމައްސަލައާއި ގުޅިގެން އެމީހާ މިފެށޭ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށް ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގާފައެވެ.

ރާއްޖޭގައި އިންތިހާއަށް އިތުރުވެފައިވާ ބިދޭސީ އާބާދީގެ ސަބަބުން މުޖުތަމައުގެ ތެރޭގައި އަންނަނީ ނޭދެވޭ އެތަށް ކަމެއް ހިނގަމުންނެވެ. އަދި ބިދޭސީންގެ ފުށުން ދިވެހިންނަށް ދިމާވެފައިވާ އިޖުތިމާއީ ނުތަވަސްކަމުގެ އިތުރުން، ބިދޭސީންގެ މެދުގައިވެސް ވަނީ އިންތިހާއަށް ނޭއްގާނީ އަމަލުތަކާއި ކުށް ކުރުން އިތުރުވެފައެވެ.