ހއ ދިއްދޫގައި ޒުވާނުންތަކެއް ނުކުމެ ހުއްޓުވި ދިއްދޫ ބޯޅަދަނޑުގެ ޓާފް ސަބްބޭސް މަސައްކަތް އަލުން ފަށައިފިއެވެ.

ހއ. ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދުު ހާސިމް " ތިލަދުން " އަށް ބުނީ ކަންބޮޑުވުން ހުރި ކަންތައްތައް އިސްލާހުކޮށް މަސައްކަރް މިހާރު ފަށާފައިވާ ކަމަށާއި މި ކަމުގައި ޔޫތް މިނިސްޓަރާއި މަސްވަރާކޮށްފައި ވާކަމަށް އޭނާ ބުންޏެއެވެ.

Ad
rt

ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ ޓާފްގެ ސަބްބޭސް ހެދުމުގެ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިއްދޫ ޒުވާނުން ނިކުމެ ދަނޑުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާފައިވަނީ މިދިޔަ ހަފްތާގެ ހޯމަދުވަހުއެވެ.

ދިއްދޫ ދަނޑުގެ މަސައްކަތް ހުއްޓުވުމާއި ގުޅިގެން ވަނީ ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރ އަބްދުﷲ ވަހީދު އާއި ދިއްދޫގެ ކްލަބްތަކާއި، ދިއްދޫ ކައުންސިލާއި އަދި ޒުވާނުންގެ ފަރާތުންވަނީ އޮންލައިންކޮށް ބައްދަލުވުމެއް ބާއްވާފައެވެ.