ހއ. ކެލާގެ ކެލާ ޔޫތް ފޯރަމްގެ ފަރާތުން ކޯވިޑް19 އާއި ގުޅިގެން އެރަށުގައި އެކުލަވާލާފައިވާ ޓާރސްކް ފޯރސްއަށް ގިނަ ބާވަތްތަކެއް ހަދިޔާކޮށްފިއެވެ.

އެޖަމިއްޔާގެ ރައީސް އަހުމަދު އާމިރު އުސްމާން "ތިލަދުން" އަށް މައުލޫމަތު ދެމުން ބުނީ ނުރައްކާތެރި ކޯވިޑް19 އިން ރައްޔިތުން ރައްކަތެރިކަން ހޯދައި ދިނުމަށްޓަކައި ކުރަމުންދާ ބުރަ މަސައްކަތުގައި އެޖަމިއްޔާގެ ފަރާތުން ބައިވެރި ވުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނީކަމަށެވެ.

Ad
rt

ފޯރުކޮށްދެވުނު ތަކެތީގެ ތެރޭގައި މާސްކާއި އަންގިއާއި އަތް ދޮންނަ ތަކެތި އަދި ސެނިޓައިޒް ވަނީ ހަދިޔާކޮށްފައެވެ.

ކެލާ ޔޫތް ފޯރަމްގެ ފަރާތުން ދާދިފަހުން ވަނީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެރަށުގެ ކައުންސިލާއި ގުޅިގެން ރަށުތެތޭގައި ރުއް އިންދުމުގެ ހަރަކާތުގައި ބައިވެރިވެފައެވެ.

ކެލާ ޔޫތް ފޯރަމަކީ މީގެ ނަވާރަ އަހަރުގެ ކުރިން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ފަރަތުން މާލޭއިން ގާރީން ގެނެސް ޤުރުއާން ކުލާސްތައް ހިންގުމާއި ވޮލީ އާއި ފުޓްބޯޅަ މުބާރާތްތައް ރަށު ފެންވަރުގައި ހިންގަމުން އަންނަ ޖަމިއްޔާއެކެވެ

ކޯވިޑް19 އާއި ގުޅިގެން ތިލަދުންމަތީގައި އުފެދިފައިވާ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން އުތުރުގެ އެކި ރަށްރަށުގެ ޓާސްކް ފޯހަށް ދަނީ އެހީތައް ފޯރުކޮށްދެމުންނެއެވެ.