ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 34 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1547 އަށް އިތުރު ވެފައެވެ.
އެޗްޕީއޭއިން ބުނީ މިރޭ 21:00 އާއި ހަމައަށް އިތުރު 34 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހުން ތެރޭގައި ހިމެނެނީ 12 ދިވެއްސަކާއި ބަންގްލަދޭޝްގެ 21 މީހުންނާއި، އަދި އިންޑިއާ މީހެއް ކަމަށެވެ.
ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 242 މީހަކު ބަލިން ރަނގަޅުވެފަ އެވެ. އަދި ފަސް މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
ރާއްޖޭގައި މަގުތު ކަރަންޓީނު ފެސިލިޓީތަކުގައި ތިބީ 1817 މީހުންނެވެ. އައިސޮލޭޝަންގައި 1108 މީހުން އެބަތިއްބެވެ.
މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބިދޭސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!