ހއ ދިއްދޫގައި އަލަން އުފައްދާ ޖަމިއްޔާއެއް ކަމަށްވާ ދިއްގާ ފައުންޑޭޝަން ދިއްދޫ (ޑީއެފްޑީ) އިން ހއ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް 5 ޕީޕީއީ އާއި 200 ސާޖިކަލް ފޭސް މާސްކު ހަދިޔާކޮށްފިއެވެ.

މިތަކެތި ހއ. އަތޮޅު ހޮސްޕިޓަލް އާއި ހަވާލުކޮށްދެއްވީ މިވަގުތު ދިއްދޫގައި ތިބި ދިއްގާ ފައުންޑޭޝަންގެ ބައެއް މެންބަރުންކަމަށް އެޖަމިއްޔާ އިން މަޢުލޫމާތުދެއެވެ. ދިއްގާ ފައުންޑޭޝަން އަކީ ދިއްދޫގެ ދިއްގާ އާއިލާއަށް ނިސްބަތްވާ ޖަމިއްޔާއެކެވެ.

Ad
rt

މި ފައުންޑޭޝަން އަކީ ދިއްގާ އާއިލާއަށް ނިސްބަތްވާ ފާތިމަތު އާދަމް (މާމަ) އާއި އަޙްމަދު އަލީ (ކާފަ)ގެ ހަނދާނުގައި އުފައްދަން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.

މިޖަމިއްޔާގެ މަޤުޞަދަކީ އިޖުތިމާއީ ގޮތުން ދިއްދޫއަށް ޚިދުމަތްކުރުން ކަމަށް އެފަރާތުން ބުނެއެވެ. ދިއްދޫ އަކީ އިޖުތިމާއީ ގޮތުންނާއި ކުޅިވަރުގެ ގޮތުން ވަރަށް ހިންގުންތެރި ޖަމިއްޔާތަކެއް ހަރަކާތްތެރިވަމުން އަންނަ ރަށެކެވެ.