ޞިއްޙީ ޚިދުމަތްތެރިން ލައްވާ ރޯދަމަހު ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރުވާފައި، މުސާރަ ދޭންވީމައި އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ބުނެ ގިނަ އަދަދެއް ޞިއްޙީ ޚިދުމަތް ތެރީން މީސްމީޑިއާގައި ޝުއޫރު ފާޅުކުރަމުން އެބަދެއެވެ.
ސިއްހީޚިދުމަތްތެރިން ލައްވާ ދުވާލަކު 8 ގަޑިއިރު މަސައްކަތްކޮއްފަ މުސާރަދޭންވީމަ އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. @iameeru @ibusolih @presidencymv @MoHmv @igmhmv
— MARIAMARYSHA (@MARIAMARYSHA) May 19, 2020
ޞިއްހީ ޚިދުމަތްތެރިން ލައްވާ ރޯދަމަހު ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރުވާފައި، މުސާރަ ދޭންވީމައި އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ބުނެ މީސްމީޑިއާގައި ޝުއޫރު ފާޅުކުރަމުން ދާ ޞިއްޙީ ޚިދުމަތްތެރީން ކުރަމުންދާ ޓުވީޓުތައް ވަނީ ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރާއި އަދި ރައީސް އޮފީހުސް ޓެގް ކޮށްފައިއެވެ.
މީގެ އިތުރުން އެ ޓުވީޓުތައް ވަނީ މިނިސްޓްރީ އޮފް ހެލްތާއި އަދި ރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ވެސް ޓެގް ކޮށްފައެވެ.
ސިއްހީޚިދުމަތްތެރިން ލައްވާ ދުވާލަކު 8 ގަޑިއިރު މަސައްކަތްކޮއްފަ މުސާރަދޭންވީމަ އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. @iameeru @ibusolih @presidencymv @MoHmv @igmhmv
— Mohamed Jazeel (@MohamedJazeel4) May 19, 2020
މީގެ އިތުރުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން (އެމްއެޗްޕީޔޫ) އިން ވެސް ވަނީ މިކަމާއި މެދު ކަންބޮޑުވުން ފާޅު ކޮށްފައިއެވެ.
ސިއްހީޚިދުމަތްތެރިން ލައްވާ ރޯދަމަހު ދުވާލަކު 8 ގަޑިއިރު މަސައްކަތްކޮއްފަ މުސާރަދޭންވީމަ އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. @iameeru @ibusolih @presidencymv @MoHmv @igmhmv
— FathmathSuma (@SumaFathmath) May 19, 2020
އެޔޫނިއަންއިން ބުނެފައި ވަނީ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 19 ގިންތިއަކަށް ނިސްބަތްވާ މަސައްކަތްތެރިން، ތިބީ ވަޒީފާގެ އޮނިގަނޑެއްނެތި ކަމަށެވެ. އަދި އެމީހުން ތިބީ 5610 ރުފިޔާގެ ބޭސިކް ވޭޖް އެއްގައި ކަމަށެވެ.
ސިއްހީޚިދުމަތްތެރިން ލައްވާ ރޯދަމަހު ދުވާލަކު 8 ގަޑިއިރު މަސައްކަތްކޮއްފަ މުސާރަދޭންވީމަ އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. @iameeru @ibusolih @presidencymv @MoHmv @igmhmv
— Maziyya (@Maziyya2) May 19, 2020
މި ޕެންޑެމިކްގައި އަމިއްލަ ނަފްސު ޤުރުބާންކޮށް ވެސް ދަނީ މަސައްކަތް ކުރަމުން ކަމަށާއި، އޯޓީ ފައިސާ ކެނޑުމަކީ ޤަބޫލުކުރެވޭ ކަމެއްނޫން ކަމަށްވެސް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.
ސިއްހީ ޙިދުމަތްތެރިންެގެ ތެރެއިން 19 ގިންތިއަކަށް ނިސްބަތްވާ މަސައްކަތްތެރިން، ތިބީ ވަޒީފާގެ އޮނިގަނޑެއްނެތި , 5610ރ ގައި ބޭސިކް ވޭޖް އެއްގައެވެ! މި ޕެންޑެމިކްގައި އަމިއްލަ ނަފްސު ޤުރުބާންކޮށް ވެސް މަސައްކަތް ދިޔައީކުރަމުންނެވެ! އޯޓީ ފައިސާ ކެނޑުމަކީ ޤަބޫލުކުރެވޭކަމެއްނޫން!
— Maldives Health Professionals Union (MHPU) (@MaldivesHPU) May 19, 2020
ކޯވިޑް-19 ގެ މިހާލަތުގައި އެންމެ ބޮޑު ރިސްކެއްގައި ރެޔާއި ދުވާލު ޤައުމީ އަދި އިންސާނީ މަތިވެރި ޚިދުމަތެއް ކުރަމުން އަންނަ އެއްބަޔަކީ ޞިއްޙީ ޚިދުމަތްތެރީންނެވެ. މި މަސައްކަތުގައި ޞިއްޙީ ދާއިރާގެ، ފަންނީ، އިދާރީ އަދި މިނޫންވެސް އެތައް މުވައްޒަފުންނެއް ދަނީ ޝާމިލްވެ ބައިވެރި ވަމުންނެވެ.
މުސާރައިގެ އޮނިގަޑެއްނެތި، ވަޒީފާގެ ކުރިއެރުމެއް ނުލިބި ކުޑަ މުސާރައެއްގަ، އެހާމެ ބޮޑު ރިސްކްއަކަށް ހުށައެޅިގެން މަސައްކަތްކުރާ ޙިދުމަތްތެރިން އެބަތިބި! @ibusolih @iameeru @presidencymv https://t.co/WCzd6MUopO
— Fathimath zimna (@Fathimathzimna) May 19, 2020
ކޯވިޑް-19 އިން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ސާމްޕަލް ނެގުމަށް ދާ ދިއުމުގައާއި، އަދި މިނޫންވެސް މިމަސައްކަތުގެ ތެރެއިން ޞިއްޙީ ޚިދުމަތް ތެރީންނަށް ފުރައްސާރައާއި، ހިތްދަތިވާ ފަދަ ކަންކަން ކުރިމަތި ވަމުން އަންނަކަމަށްވެސް އޭގެ ތެރެއިން ބައެއް މީހުންވަނީ މީސްމީޑިއާގައި ކުރިން ހިއްސާ ކޮށްފައިއެވެ.
މިގޮން ޖެހުން ތަކާއި އެކުވެސް ޞިއްޙީ ޚިދުމަތްތެރީން ތިބީ ރެޔާއި ދުވާލު ރައްޔިތުންގެ ޚިދުމަތުގައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!