ހއ. ދިއްދޫގެ ވާދަވެރި ފުޓްބޯޅަ ކުލަބުތަކުގެ މެދުގައި ފޯރިގަދަ ފޭން ބޭސް ކަޕެއް ދިއްދޫ އޮންލައިންގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ.

ދިއްދޫ އޮންލައިންގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ފުރަބަނދާއި އަދި ރޯދަމަހާއި ދިމާކޮށް ކުރިއަށް ގެންދިޔަ ފޭން ބޭސްކަޕެއް ކަމަށެވެ.

Ad
rt

މި ކަޕުގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. މިޓީމް ތަކަކީ އެޗް އެން ސްޕރޯޓްސް ކުލަބް، ލައިކެން ސްޕޯރޓްސް، ބީއެކްސް ސްޕޯރޓްސް ކުލަބް، ރިއަލް ޓީ ސްޕޯރޓްސް ކުލަބް، މިޑްލްސް ސްޕޯރޓްސް ކުލަބް، ނާޑް ސްޕޯރޓްސް، އައްސޭރި ފުޓްބޯލް ކުލަބް އަދި ޑީޓީބީއެސްސީ އެވެ.

މިކަޕް ކުރިއަށްދާ ގޮތަކީ ފޭސްބުކް މެދުވެރިކޮން ކޮންމެ ދުވަހަކުވެސް ދިއްދޫ އޮންލައިންގެ ފޭސްބުކް ޕޭޖްގައި ވާދަކުރާ ދެޓީމުގެ ޕޯސްޓަރއަށް އެންމެ ގިނަ ރިއެކްޝަން އަންނަ ފަރާތެއް ކަނޑައަޅާ ގުރޫޕް ސްޓޭޖް ނިންމާލާގޮތަށެވެ. ކޮންމެ ޕޯސްޓަކަށްވެސް ވަކި ވަގުތެއް ވަނީ ހަމަޖެހިފައެވެ. ވަގުތު ހަމަ ވުމުގެ ކުރިން އެންމެ ގިނަ ރިއެކްޝަން ލިބޭ ފަރާތް އެއީ އެމެޗަކުން މޮޅުވި ފަރާތްކަމުގައި ބަލާ ގުރޫޕް ސްޓޭޖް ފުރިހަމަ ކުރާ އުސޫލުން ގެންދާ ގޮތަށެވެ.

ދިއްދޫ އޮންލައިންގެ ފަރާތުން ހާމަކުރާގޮތުގައި މިކަމުގެ ވާދަވެރިކަން ޓީމުތަކުގެ މެދުގައި ވަރަށް ފޯރިއާއި އެކު ކުރިއަށްދާކަމަށް ބުނެފައިވެއެވެ. މިކަޕް ކުރިއަށް ގޮސްފައިވަނީ 12 ދުވަހުގެ މުއްދަތަށެވެ. މިހާރު ކުރިއަށްދަނީ ފޯރިގަދަ ފައިނަލްއެވެ. ފައިނަލް ގައި ބައްދަލު ކުރަނީ ލައިކެން ސްޕޯރޓްސް އާއި ބީއެކްސް ސްޕޯރޓްސް ކުލަބް އެވެ. ފައިނަލް ކުރިއަށް ދާނީ މިމަހުގެ 18 ވަނަ ދުވަހުގެ 21:00 އިން 20 ވަނަ ދުވަހުގެ 21:00 އަށެވެ.