ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ (އެންއީއޯސީ) ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) ބޭނުންކުރުމަށް ކުރޮސްރޯޑްސް މޯލްޑިވްސްއިން 6 ބަގީ ފޯރުކޮށްދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިތަކެތި އެންއީއޯސީ އަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އަލީ ވަހީދުއެވެ. މިތަކެތި ހަވާލުކޮށްދެއްވީ ދަރުބާރުގޭގައެވެ.

Ad
rt

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފޭސްބުކް ޕޯސްޓް އެއްގައި ބުނެފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސް އިން 6 އިލެކްޓްރިކް ބަގީ އެންއިއޯސީގެ އާރުއާރުޓީ އަށް އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީއިން ވަނީ މި އެހީތެރިކަމަށް މިނިސްޓްރީ ގެ ފަރާތުން ކްރޮސްރޯޑްސް މޯލްޑިވްސް އަށް ޝުކުރުދަންނަވާފައެވެ. ބެލެވޭ ގޮތުގައި މިއީ އެރިސޯޓުގައި ބޭނުން ކުރަމުން އަންނަ ބަގީތަކެވެ. މިއެހީތެރިކަމުގެ ސަބަބުން އާރުއާރުޓީގެ ޚިދުމަތް ހަލުވި ވާނެކަމަށް ބެލެވެއެވެ.