ހދ. މަކުނުދޫގެ ސިއްހީ މަރުކަޒުގެ ރެޕިޑް ރެސްޕޯންޑް ޓީމަށް ކޯވިޑް-19 ކޭސްތަކާއި ގުޅިގެން މަސައްކަތް ކުރާ މީހުން ރައްކާތެރިވުމަށް ބޭނުން ކުރާ ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފިއެވެ.

އެ ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ ގޮތުގައި އެ މަރުކަޒުގެ ރެޕިޑް ރެސްޕޯންޑް ޓީމަށް ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފައި ވަނީ 13 މެއި 2020 ވަނަ ދުވަހުއެވެ.

Ad
rt

މީގެ އިތުރުން އެ މަރުކަޒުން ވަނީ އެރަށުގެ ޖަމާއަތްތެރީން ނަށްވެސް ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފިއެވެ. އެރަށުގެ ޖަމާއަތްތެރީންނަށް ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފައި ވަނީ 14 މެއި 2020 ވަނަ ދުވަހުއެވެ.

މަކުނުދޫ ސިއްހީ މަރުކަޒާއި، އެރަށު ކައުންސިލާއި އަދި އެރަށު ކޯވިޑް-19 ޓާސްކު ފޯހުން ވަނީ ކޯވިޑް-19 އާއި ގުޅިގެން އެރަށުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 982 އަށް އިތުރުވެފައެވެ.

ރާއްޖޭން އެންމެ ފުރަތަމަ މި ބަލި ފެނުނީ މީގެ 68 ދުވަސް ކުރިން ރިސޯޓަކުންނެވެ. އޭގެ 40 ދުވަސް ފަހުން މާޗް 15 ވަނަ ދުވަހު މާލޭން މި ބަލީގެ މީހަކު ފެނުނު ފަހުން ކޮންމެ ދުވަހަކު ވެސް މި ބަލީގެ އެތައް ބަޔަކު ދަނީ ފެންނަމުންނެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 20 މީހަކު ފިޔަވައި އެންމެންނަކީ ވެސް ރާއްޖޭގައި މި ބަލި ޖެހުނު މީހުންނެވެ.

ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ ރާއްޖޭގައި އުޅޭ ބަންގްލާދޭޝް މީހުންނެވެ. އެ މީހުންގެ ތެރެއިން ވެސް އެންމެ ބޮޑަށް މި ބަލި ފެތުރިފައި ވަނީ ތޮއްޖެހިގެން އެއް ތަނެއްގައި ދިރިއުޅޭ މީހުންގެ މެދުގަ އެވެ.

ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 40 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެއްސަކާއި ބިދޭސީއެކެވެ.

ރާއްޖޭގެ އުތުރުންވެސް މިބަލި ވަނީ ފެނިފައެވެ. އެގޮތުން ހއ. އުލިގަމުން މިބަލި ޖެހުނު މީހާ މިހާރު ރަނގަޅު ވެފައިވާއިރު، ހއ. ތަކަންދޫއިން 3 މީހަކަށް، ށ. ނަރުދޫން 11 މީހަކަށް އަދި ށ. މިލަންދޫއިން އެކަކަށް މިބަލި ވަނީ ޖެހިފައެވެ. އޭގެ އިތުރުން ނ. މަނަދޫ މީހަކަށްވެސް މިބަލި ވަނީ ޖެހިފައެވެ.