ކޯވިޑް-19 ބަލި ފެތުރިފައިވާ މިންވަރު ދެނެ ގަތުމަށް ސަރުކާރުން ކުރަށްވަމުން ދާ މަސައްކަތް ތަކުގެ ތެރެއިން އެބަށްޔަށް ޓެސްޓު ކުރުމަށް މާފުށީ ޖަލުން ރެންޑަމް ސާމްޕަލްތަކެއް މިއަދު ނަގައިފިއެވެ.
ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އާއި ގުޅިގެން ކޯވިޑަށް ޓެސްޓް ކުރުމަށް މިއަދު މާފުށީ ޖަލުގައި ތިބި ބައެއް ގައިދީންނާއި ޖަލު އޮފިސަރުންގެ ސާމްޕަލްތައް ވެސް ނަގާފައިވާ ކަމަށެވެ.
ިމިއަދުގެ ރެންޑޮމް ސާންޕަލިންގައި ޤައިދީންނާއި ބަންދުމީހުން އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 38 މީހެއްގެ ސާންޕަލް ނެގިފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.
މިއަދުގެ ރެންޑޮމް ސާންޕަލިންގައި ޤައިދީންނާއި ބަންދުމީހުން އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 38 މީހެއްގެ ސާންޕަލް ވަނީ ނެގިފައެވެ.https://t.co/0nrQs1qrr1 pic.twitter.com/m72VLGBZCA
— Maldives Correctional Service (@CorrectionsMv) May 8, 2020
ރެންޑަމްކޮށް ސާމްޕަލްތައް ނަގައި ޓެސްޓު ކުރަނީ ރާއްޖޭގެ މުޖުތަމަޢުގައި ކޯވިިޑް-19 ގެ ޙާލަތު އޮތް މިންވަރު ދެނެގަތުމުގެ ބޭނުމުގައެވެ. މިގޮތުން މާލޭގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވަރަށް ބޮޑަށް ކުރަމުން ދާއިރު ބައެއް ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވްވެފައި ވެސް ވެއެވެ.
ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރެވޭ މިންވަރު ވަރަށް ދަށް ކަމަށާ ރަނގަޅު މިންވަރަށް ޓެސްޓް ކުރެވޭނަމަ ދުވާލެއްގެ މައްޗަށް 300 ޕޮޒިޓިވް ކޭސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. ޝީނާ މޫސާ ރޭ ވަނީ ވިދާޅުވެފައެވެ.
ރޭ އެންއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވަނީ ފެތުރެމުންދާ ކޯވިޑް-19 ބަލި ރާއްޖެއިން 77،000 އަށް ވުރެ ގިނަ މީހުންނަށް ޖެހޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށާއި، މިހާރުގެ ހާލަތުން މަރުވާނީ 900 މީހުން ކަމަށް ލަފާ ކުރެއްވޭ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 734 އަށް އަރާފައިވާއިރު، މިބަލީގައި ވަނީ 3 މީހުން މަރުވެފައެވެ. މިބަލީގައި މަރުވި 3 ވަނަ މީހާ މަރުވީ ރޭ ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!