އެމް.އެން.ޑީ.އެފް ސަރވިސް ކޯޕްސްގެ ސިގްނަލްސް އިން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ބޭނުންވާ އެމަޖެންސީ ވެންޓިލޭޓަރެއްް އުފައްދައިފިއެވެ.
މި އެމެޖެންސީ ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް ސިގްނަލް އިން ފަށާފައިވަނީ 18 އޭޕްރީލް 2020 ވަނަ ދުވަހުއެވެ. ހަލާކުވެފައިވާ ބައެއް އިލެކްޓްރޯނިކް އިކުއިޕްމަންޓްސްގެ ބައިތައް ބޭނުންކޮށްގެން މި ވެންޓިލޭޓަރުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ވަނީ ނިންމާފައެވެ.
A landmark occasion for MNDF in the fight against #COVID19: an MNDF technical team created and demonstrated the first prototype of a fully functional emergency ventilator today.
In Sha Allah, we shall soon prevail over this pandemic. pic.twitter.com/C0lRGx91Hr
— Maj. Gen. Abdulla Shamaal (@CDFofMNDF) May 4, 2020
މިއަދު ބީކޭ އޮޑިޓޯރިއަމްގައި ވެންޓިލޭޓަރު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް އަދި ވައިސްޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިފަދަ ވިސްނުން ބޮޑަށް އިސްކޮށް ދިވެހިން ހުރިހާ ދާއިރާއަކުން ވެސް އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރަން ޖެހޭ. https://t.co/KoTJOdaPfA
— Professor Ugail (@ugail) May 4, 2020
މި ތައްޔާރު ކުރެވުނު އެމަޖެންސީވެންޓިލޭޓަރކީ ޕްރޮޓޯޓައިޕް އަކަށް ވުމުން މިފަދަ މެޑިކަލް ޑިވައިސްތައް ބޭނުން ކުރުމުގެ ކުރިން ހަމަޖެހިފައިވާ އުސޫލުން ޓެސްޓްތަކާއި ޓްރައަލްސްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެފް އިން ވަނި އެ މީހުން އަމިއްލަ އަށް ވެންޓިލޭޓަރެއް އުފައްދާފައި ކަމަށާއި އެކަމަށްޓަކައި ފަޚުރުވެރިވަޑައިގަންނަވާ ކަމަށެވެ.
ދިވެހި ސިފައިން އުފެއްދި އެމެޖެންސީ ވެންޓިލޭޓަރhttps://t.co/WeOAv9Vw0I pic.twitter.com/qnMx5rMAbc
— Thiladhun (@thiladhun) May 4, 2020
ކޮވިޑް-19 ގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. ސަރުކާރުން ވަނީ ރާއްޖެ އަށް ބޭނުންވާ ގިނަ ވެންޓިލޭޓަރުތަކެއް ހޯދަން ބަޔަކާ ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ތަކެތި މިހާރު ވަނީ ލިބިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!