ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމައް އަޅާ މާސްކް ލިބުން ދަތިވެފައި ވާތީ ކުމުންދޫ ސްކޫލް މުވައްޒަފުން މާސްކް ފަހައިދިނުމުގެ މަސައްކަތް ކުރަންފަށައިފިއެވެ.
ކުމުންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމައް އަޅާ މާސްކް ލިބުން ދަތިވެފައި ވާތީ ކުމުންދޫ ސްކޫލް މުވައްޒަފުން ދަނީ މާސް ފެހުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އެމުވައްޒަފުންގެ އެ ހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށްވެސް ކުމުންދޫ ކައުންސިލުން ބުނެފައި ވެއެވެ.
ކުމުންދޫ ކައުންސިލުން ވަނީ ކުމުންދޫގެ ރައްޔިތުންނައް ބޭނުންވާ ކާޑާއި ގޭސް އަދި އެހެނިހެން އަސާސީ ތަކެތި ގަތުމައް ދޯންޏެއް މާލެ ފޮނުވުމައް ނިންމާފައެވެ. އެ ދޯނި މާލެއަށް ކުރާ ދަތުރުގެ ތެލުގެ ޚަރަދު ކައުންސިލުން ހަމަޖައްސަވައި ދެއްވާނެ ކަމަށް ކުމުންދޫ ކައުންސިލުން ބުނެފައި ވެއެވެ.
ކުމުންދޫ ކައުންސިލުން ވަނީ މާލޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާތީ، 14 ދުވަސްތެރޭގައި މާލެއާއި މާލޭ ސަރަހައްދުން އަދި ރިސޯޓް ތަކުން ފުރައިގެން ހދ. ކުމުންދޫއަށް ގޮސްފައިވާ އެންމެހައި ފަރާތްތަކުން، ގޭގައި މަޑުކުރުމަށް އެދި އޭޕްރިލް 15 ވަނަ ދުވަހު އިލްތިމާސް ކޮށްފައެވެ.
އޭގެ އިތުރުން އެކައުން ސިލުންވަނީ ކޯވިޑް-19 ރޯގާއާއި ގުޅިގެން ރަށުން ބޭރުގައި ވަޒީފާއަދާ ކުރާ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމަށް ކުރެވޭ ސާރވޭއެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ކޯވިޑް-19 އަށް ރައްކާތެރިވުމަށް އިތުރު މަސައްކަތްތަކެއް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!