ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ދިއްދޫގައި ފުލޫ ކްލިނިކެއް ހުޅުވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދިއްދޫގައި ހުޅުވުނު ފުލޫ ކުލިނިކް ހުޅުވާފައިވަނީ ދިއްދޫ ޕްރީސުކޫލުގައިއެވެ. އެ ފުލޫ
ކުލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، އެ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށެވެ.

Ad
rt

އެ ފުލޫ ކްލިނިކަށް ދެއްކުމަށް ހުޅުވާލާފައި ވަނީ ރޯގާގެ އަލާމާތް ހުންނަ ދިވެހިންނާއި ބިދޭސީން ނަށެވެ. ދިވެއްސެއްނަމަ ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާއިރު އައިޑީކާޑު ގެންދަވަން ޖެހެއެވެ. ބިދޭސީއެއްނަމަ ލިޔުމެއް ނުގެންދިއަ ނަމަވެސް ޑޮކްޓަރަށް ދެއްކޭނެ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ހާމަ ކުރަށްވާފައި ވެއެވެ.

އެ ފުލޫ ކްލިނިކަށް ދެއްކުން ދިވެހިންނާއި، ބިދޭސީންނަށް އެއްވެސް ފައިސާއެއް ދައްކަވާކަށް ނުޖެހެއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ ރޯގާގެ އަލާމާތެއް ކަމަށް ބަލާނީ ހުންއައުން، ކެއްސުން، ކަރުގައި ރިއްސުން، ނޭވާލާން އުނދަގޫ ވުން އަދި ނޭވާ ކުރުވުން ފަދަ ކަންކަން ކަމަށެވެ.

ފާއިތުވި ސާދަ ދުވަސް ތެރޭގައި އެއްވެސް ރަށަކަށް ދަތުރު ކޮށްފައިވާ މީހުން ހުންއައިސް ރޯގާގެ އަލާމާތް ފެނިއްޖެ ނަމަ ފުރަތަމަ 7290054 ނަމްބަރު ފޯނާއި ގުޅުއްވައި ރިޕޯޓް ކުރުމަށް އެ ހޮސްޕިޓަލުން އެދިފައި ވެއެވެ.

ހއ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ހއ. ދިއްދޫގައި ފުލޫ ކްލިނިކެއް ހުޅުވި އިރު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ކުޅުދުއްފުށީ ސިޓީގައިވެސް ފުލޫ ކުލިނެއް ގާއިމުކޮށް ޚިދުމަތް ދޭން ފަށާފައިއެވެ.

ކޯވިޑް-19 އަށް އަތޮޅުތަކުން މީހަކު ފުރަތަމަ ފައްސި ވެފައިވަނީ ހއ. އުލިގަމުންނެވެ. އެ މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވިފައިވާއިރު، ހއ. އަދި ހދ. ގެ ހަތް ރަށެއްވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ.