ހދ. މަކުނުދޫ ދާއިރާގެ އެމްޓީސީސީ ސްޕީޑް ފެރީގެ ހިދުމަށް ފުޅާކޮށް ފަަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ ހދ. މަކުނުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

Ad
rt

މަކުނުދޫ ދާއިރާގައި ހިމެނޭ މަކުނުދޫ، ނޭކުރަންދޫ އަދި ކުމުންދޫގެ އިތުރުން ވައިކަރަދޫ އިން ކުރާ މި ދަތުރުތައް ގުޅުވާލާފައިވަނީ ކުޅުދުއްފުއްޓަށެވެ.

އެމްޓީސީސީ ހާމަކުރިގޮތުގައި މި ފެރީ ދަތުރު އޮންނަނީ އާދިއްތަ، ހޯމަ އަދި ބުދަ ދުވަހު ކަމަށެވެ. ދަތުރުތައް ފަށާނީ ހެނދުނު 7 ޖަހާއިރު މަކުނުދޫއިންނެވެ. އެއަށްފަހު ވައިކަރަދޫއިން ނޭކުރަންދޫއަށެވެ. އެއަށްފަހު ކުމުންދޫ އަށެވެ. ކުޅުދުއްފުއްޓަށް އާދެވޭނީ ހެނދުނު 8:25 ގަ އެވެ. ކުޅުދުއްފުށިން ފުރުން ހަމަޖެހިފައިވަނީ މެނދުނުފަހު 2:30 ގަ އެވެ. އެއަށްފަހު ކުމުންދޫ، ނޭކުރަންދޫ، ވައިކަރަދޫ އަދި ދަތުރު ނިމޭނީ މަކުނުދޫއަށެވެ. އެއީ 3:55 އަށެވެ.

މި ރޫޓްގެ ދަތުރުތަކުގެ އަގު އުޅެނީ 250ރ-75ރ އާ ދެމެދުގަ އެވެ.

އެމްޓީސީސީ ސްޕީޑް ފެރީގެ ހިދުމަތް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. އަދި ރާއީ ވަނީ ސްޕީޑް ފެރީގެ ހިދުމަތް މިރަށްތަކުގައި ފެށުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރައްވާފަ އެވެ.