މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއް ފުރުމަކީވެސް މަނާކަމެއްކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް.
— Health Protection Agency (@HPA_MV) April 15, 2020
އެޗްޕީއޭއިން ވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި މިވަގުތުން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ.
އެޗްޕީއޭއިން މިގޮތައް ނިންމާފައިވަނީ ކޮވިޑް19 މާލެ ތެރެޔަށް ފެތުރި، ކޮމިޔުނިޓީ ސްޕްރެޑަކަށް ވެފައިވަނިކޮށް، ގިނަ ބަޔަކު މާލެއިން ރަށްރަށަށް ފުރަން ފަށައިފައުވަނިކޮންނެވެ.
މީގެ ކުރީން ރާއްޖޭން ފެނުނު ކޮވިޑް ބަލީގެ ހުރިހާ މީހުންނަކީ ވެސް އިމްޕޯޓެޑް ކޭސް، ނުވަތަ ރާއްޖޭން ބޭރުން އައި މީހުންނެވެ. އެހެންނަމެވެސް ކޮވިޑު ޖެހިފައި ވަނިކޮށް މިއަދު މާލޭން ފެނުނު މީހާއަކީ ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ވެސް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.
މާލެ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބައިބޯ އެއް ކެޕިޓަލް ސިޓީ އެވެ. އަދި މާލެ ތެރެޔަށް ކޮވިޑް ފެތުރިއްޖެ ނަމަ މި ބަލި ކޮންޓްރޯލު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން އައީ ތަކުރާރުކޮށް ބުނަމުންނެވެ. އެ ފުރުސަތު ނުދިނުމަށް ޓަކައި، މީހުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް ވެސް އެ އިދާރާތަކުނަ އައީ އިލްތިމާސްކުރަމުންނެވެ. އެހެން ނަމަވެސް އެ އިލްތިމާސްތަކަށް ގިނަ މީހުންގެ ފުށުން ލިބިގެން ދިޔައީ ބީރު ކަންފަތެކެވެ. ގިނަ ބަޔަކު އުޅެމުން ދިޔައީ މަސްހުނިވެގެން ބޭރު ތެރޭގަ އެވެ. ފިހާރަތަކާއި މާރުކޭޓުތައް ފަދަ ތަންތަނަށް މީހުން ތޮއްޖެހުން މަދެއް ނުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!